އައްޑޫ ސިޓީގެ ފޭދޫ ޕޯސްޓު އޮފީސް ފަޅާލައި ވައްކަންކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާ ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދުނު 09:00 ގައި ކަމަށެވެ.
އެ ހާދިސާގައި ދެ ސީޕީޔޫއަކާއި ޕްރިންޓަރަކާއި ސްކޭނަރެއް ވަގަށް ނަގައިފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގުކުރަމުންނެވެ.
ދާދި ފަހުން މާލޭގައި ވެސް ވަނީ އޮފީހެއް ފަޅާލައި ވައްކަން ކޮށްފައެވެ. މި ގޮތުން ޝީޝާ އޮފީސް ފަޅާލައި ގިނަ އަދަދެއްގެ ރުފިޔާއާއި ޑޮލަރު ވަނީ ވަގަށް ނަގައިފައެވެ.
މި ދުވަސްވަރަކީ އީދު ދުވަސްވަރު ކަަމަށްވާތީ ސަމާލުވުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.