ޓްރީ ޓޮޕް ހޮސްޕިޓަލުގެ އެމަޖެންސީއަށް ދެއްކުމުގެ އަގުތައް ހެޔޮކޮށްފި

ޓްރީ ޓޮޕް ހޮސްޕިޓަލް އެމަޖަންސީ ހިދުމަތުން ޑޮކްޓަރަށް ދެއްކުމުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނެސްފި އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އަގުތަކަށް ގެނައި ބަދަލަކީ އީދާ ދިމާކޮށް ގެނައި ބަދަލެއް ކަމަށެވެ.

އިއްޔެ އިން ފެށިގެން އެ ހޮސްޕިޓަލުގެ އެމްޖެންސީ އިން ކުރިއަށް ވުރެ ހެޔޮ އަގުގައި ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އަގުތަކަށް ގެނައި ބަދަލު:

އީއާރް ކޮންސަލްޓެންސީ: 450 ރުފިޔާ (އާސަންދަ އާއެކު 400 ރުފިޔާ)

އީއާރް ސްޕެޝަލިސްޓް ކޮންސަލްޓެންސީ: 600 ރުފިޔާ (އާސަންދަ އާއެކު 500 ރުފިޔާ)

އީއާރް ސުޕަ ސްޕެޝަލިސްޓް ކޮންސަލްޓަންސީ: 700 ރުފިޔާ (އާސަންދަ އާއެކު 500 ރުފިޔާ)

މީގެއިތުރުން ކަނޑައެޅިފައިވާ ސްޕެޝަލިސްޓުންނަށް އައުޓް-ޕޭޝަންޓް (އޯޕީޑީ) ހިދުމަތްދޭ ގަޑިތައް ރޭގަނޑު 10:30 އަށް އިތުރުކޮށްފައިވާ ކަމަށާއި 24 ގަޑިއިރު މެދުކެނޑުމެއްނެތި އެމަޖެންސީގެ ހިދުމަތް ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ރާއްޖޭގައި އާންމުކޮށް ލިބެން ނުހުންނަ ގިނަ ހިދުމަތްތައް ތަޖުރިބާކާރު ޑޮކްޓަރުންނާ އެކު ޓްރީޓޮޕުން ދަނީ ފޯރުކޮށްދެމުންނެވެ.

ސަތޭކަ ދިހަ މިލިއަން ޑޮލަރުގެ އިންވެސްޓުމެންޓަކުން ހުޅުމާލޭގައި ގާއިމްކޮށްފައިވާ ޓްރީޓޮޕް ހޮސްޕިޓަލް ގައި އެންމެ ޒަމާނީ އިކުއިޕްމެންޓާއި ހިދުމަތްތަކާއެކު ޓްރީޓޮޕް ހޮސްޕިޓަލުގައި ފަސް ކެޓަގަރީއެއްގެ ރޫމާއި 210 އެނދު ހުރެ އެވެ. މީގެ އިތުރުން ދެ ޕްރެޒިޑެންޝަލް ސުއިޓާއި، އެކި ކަހަލަ ބަލިތަކަށް ފަރުވާދޭނެ ކްލިނިކްތައް، ޓެސްޓުތަކާއި ސްކޭންތައް ހެދޭނެ އެންމެ ޒަމާނީ ޓެކްނޮލަޖީއާ އެކު ވަނީ ގާއިމްކޮށްފަ އެވެ.

comment ކޮމެންޓް