ހަފްލާތަކަށާއި ވެޑިންތަކަށް އައްޑޫ ނޭޗާ ޕާކް ކުއްޔަށް ދޫކުރަނީ

އައްޑު ނޭޗާ ޕާކްގައި ބޭއްވި ކައިވެނީގެ ހަފްލާއެއްގެ ތެރެއިން--- ފޮޓޯ: އައްޑޫ ނޭޗާ ޕާކް

ހަފްލާތަކަށާއި ކައިވެނި ޕާޓީތަކަށް އައްޑޫ ސިޓީގައި ތަރައްގީ ކޮށްފައިވާ ނޭޗާ ޕާކް ކުއްޔަށް ދޫކުރަން ފަށައިފިއެވެެ.

އައްޑޫ ނޭޗާ ޕާކްގެ އެސިސްޓެންޓް ޑިރެކްޓާރު އައިމިނަތު އަފާއު "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކުދި ކުދި ހަފްލާތަކަށް މީގެ ކުރިންވެސް އައްޑޫ ނޭޗާޕާކްގެ ސަރަހައްދުތައް ދޫކުރަމުންދާ ކަަމަށެވެ. އެފަދަ ކުދި ކުދި ހަފްލާތަަކަށް ދޫކުރަމުން އައީ ނޭޗާ ޕާކްގެ ވާކްޝޮޕް އޭރިއާ ސަރަހައްދެވެ.

ނޭޗާ ޕާކްގައި މިމަހުގެ 10 ވަނަ ދުވަހު އަލަށް ވަނީ ކައިވެނި ޕާޓީއެއް ބާއްވާވެސް ފައެވެ. އެއާއެކު އެތަނަށް ވަނީ ވަރަށް ބޮޑު ސަމާލުކަމެއް ލިބިފައެވެ.

އަފާއު ވިދާޅުވީ ކައިވެނި ޕާޓީތަކަށް އެ ނޭޗާ ޕާކްގެ ވާކް ޝޮޕް އޭރިއާގެ އިތުރުން ވިޒިޓިން އޭރިއާ އާއި ފާހާނާތައްވެސް ކުއްޔަށް ދޫކުރާ ކަމަށެވެ.

ކުދި ހަފްލާތަކަށް އައްޑޫ ނޭޗާ ޕާކްގެ ވާކްޝޮޕް އޭރިއާގެ ސަރަހައްދު މިހާރު ކުއްޔަށް ދެނީ ގަޑިއަކަށް 1200 ރުފިޔާގެ މަގުންނެވެ. އަދި ކައިވެނި ހަފްލާތަކަށް އެ ނޭޗާ ޕާގެ ސަރަހައްދުތައް ދޫކުރަނީ 10،000 ރުފިޔާގެ މަގުންނެވެ.

އަފާއު ވިދާޅުވީ ކައިވެނި ޕާޓީތަކާއި ހަފްލާތައް ނޭޗާ ޕާކްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ފޯމެއް ފުރިހަމަކޮށް ހުށަހެޅުމުން އެކަން ހަމަޖެހޭނެ ކަމަށެވެ.

comment ކޮމެންޓް