ށ. ފީވަކުގައި ލެބޯޓަރީގެ ހިދުމަތް ރަސްމީކޮށް ފަށައިފި

ފީވަކުގައި އަލަށް ހުޅުވި ލެބޯޓަރީ-- ފޮޓޯ: ހެލްތު މިނިސްޓްރީ

ށ. ފީވަކުގައި ލެބޯޓަރީގެ ހިދުމަތް ރަސްމީކޮށް އަށައިފިއެވެ.

މިއަދު އެރަށު ސިއްހީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔަތެއްގައި އެ ލެބޯޓަރީ ރަސްމީކޮށް ފައްޓަވައިދެެއްވީ ހެލްތު މިނިސްޓްރީގެ ސީނިއާ އެކްޒެކިއުޓިވް ޑިރެކްޓަރު އަހުމަދު ފާޒިރުއެވެ.

ހެލްތު މިނިސްޓްރީން ބުނީ ފީވަކުގައި ހުޅުވި ލެބޯޓަރީ އިމާރާތުގެ މަސައްކަތް 2018 ވަނަ އަހަރު ކުރީކޮޅު ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެތަނުގެ ކަރަންޓްގެ މައްސަލަތަކެއް އުޅޭތީ ލެބޯޓަރީގެ ހިދުމަތް ނުފެށި ލަސްވިކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ހެލްތު މިނިސްޓްރީން ފަހުން ވަނީ އެތަނުގެ މަސައްކަތް ނިންމައި މިދިޔަ އާދިއްތަ ދުވހުގެ ރޭ އެތަނުގައި ހިދުމަތް ދޭން ފަށައިފައެވެ.

ފީވަކުގައި އަލަށް ހުޅުވި ލެބޯޓަރީ-- ފޮޓޯ: ހެލްތު މިނިސްޓްރީ

ހެލްތު މިނިސްޓްރީން ބުނީ ލެބޯޓަރީގެ ހިދުމަތް ފެށުމުން އެ ސިއްހީ މަރުކަޒުގެ އޯޕީޑީގެ ހިދުމަތް ފުޅާވެ ކުރިން އެރަށުގެ މީހުން ޓެސްޓު ހަދަން އެހެން ރަށްރަށަށް ކުރަން ޖެހޭ ހަރަދުތަކާއި ތަކުލީފުތަކަަށް ނިމުމަކަށް އަންނާނެ ކަަމަށެވެ.

އޭގެ އިތުރުން އާންމުން އެ ސިއްހީ މަރުކަޒަށް ކުރާ އިތުބާރު އިތުރުވެގެންދާނެ ކަަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް