ޕާކިސްތާނުން ކަޝްމީރު ބޯޑަރަށް ހަތިޔާރު ޖަމާކުރަން ފަށައިފި

އިންދިއާގެ ކިބައިން މިނިވަންވުމަށް އެދި ކަޝްމީރުގެ ރައްޔިތުން މުޒާހަރާކުރަނީ--

ޕާކިސްތާނުން އިންޑިއާއާ ގުޅޭ ކަޝްމީރުގެ ބޯޑަރު ސަރަަހައްދަށް ހަތިޔާރުތައް ޖަމާކުރަން ފަށައިފިއެވެ.

ޕާކިސްތާނުން ކަޝްމީރުގެ ސަރަހައްދަށް ހަތިޔާރުތައް ޖަމާކުރަން ފެށިއިރު ދެ ގައުމުގެ ދެމެދުގައި މިއިން ދުވަހަކުވެސް ގުޅުން ގޯސްނުވާވަރަށް ގުޅުންތައް ވަނީ ގޯސްވެފައެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ އޭޝިއަން ނިއުސް އިންޓަނޭޝަން ނޫހުން ބުނީ ޕާކިސްތާނުން ގިލްގިޓް ބާލްޓިސްތާން ސަރަހައްދުގައި އޮންނަ ސްކަރުދޫ އެއާާބޭސްއަށް ސީ-130 ހަނގުރާމަމަތީ އެއާކްރާފްޓްތައް ޖަމާކުރަމުންދާ ކަމަށެވެ. އަދި އޭގެ އިތުރުން ހަނގުރާމަތީ ޖޭއެފް-17 ބޯޓުތައްވެސް ޖަމާކުރުމަށް ތައްޔާރުވަމުންދާ ކަަމަށް އެ ނޫހުން ބުންޏެވެ.

އިންޑިއާއިން ދާދި ފަހުން ކަޝްމީރަށް ދީފައި އޮންނަ އޮޓޯނޮމީ އުވާލައި ސީދާ މައިސަރުކާރުގެ ބާރުގެ ދަށަށް ގެންނަން ނިންމައިފައެވެ. އޭގެ ސަބަބުން އިންޑިއާގެ އެހެން ސްޓޭޓްތަކުގެ މީހުންނަށް ކަޝްމީރުން ބިން ގަނެވޭނެއެވެ.

ކަޝްމީރުގެ މިލްކުވެރިކަމަށް އިންޑިއާ އަދި ޕާކިސްތާނުންވެސް ދައުވާ ކުރެއެވެ. ކަޝްމީރުގެ ބޮޑު ބައެއް މިހާރުވެސް ކޮންޓްރޯލް ކުރަނީ އިންޑިއާއިންއެވެ. އަދި ދެން އޮތް ބޮޑު ބައި ޕާކިސްތާނުން ކޮންޓްރޯލް ކުރާއިރު ޗައިނާއިންވެސް ކަޝްމީރުގެ ބައެއް ކޮންޓްރޯލް ކުރެއެވެ.

ކަޝްމީރުގެ މައްސަލައިގައި އިންޑިއާއިން ނިންމި ނިންމުމަށް ޕާކިސްތާނުން ވަނީ ވަރަށް ބޮޑަށް އަޑުއުފުލައިފައެވެ. އަދި ޕާކިސްތާނުން ވަނީ އެ މައްސަލަ ސެކިއުރިޓީ ކައުންސިލްއަށް ހުށަހެޅުމުގެ އިތުރުން ހަނގުރާމައަކަށް ތައްޔާރަށް އޮތް ކަމަށްވެސް ބުނެފައެވެ.

comment ކޮމެންޓް