ގެއްލުނު ދެ ފަތުރުވެރިން ސަލާމަތުން ތިއްބާ ފެނިއްޖެ

އެމްއެންޑީއެފް ކޯސްޓްގާޑުގެ ލޯންޗެއް ހަރަކާތްތެރިވަނީ --- ފޮޓޯ/ އައްޑޫލައިވް

އއ. މޫފުށި ރިސޯޓުން ސްނޯކަލިއަށް ގޮސް ހަބަރެއް ނުވެގެން ހޯދަމުން ދިޔަ ފަތުރުވެރިން ފެނިއްޖެއެވެ.

އެމްއެންޑީއެފްއިން ބުނީ އެ ދެ ފަތުރުވެރިން އެ ރިސޯޓުގައި ހެޔޮ ހާލުގައި ތިބިކަން ރިސޯޓްއިން އަންގާފައިވާ ކަމަށެވެ.

ގެއްލިގެން ހޯދި ދެ ދެ ފަތުރުވެރިންނަކީ ޖަރުމަނު ވިލާތަށް ނިސްބަތްވާ ދެމަފިރިންނެވެ.

އެމްއެންޑީއެފްއިން ބުނީ އެ ދެ ފަތުރުވެރިންގެ ހަބަރެއް ނުވެގެން ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ރިޕޯޓްކޮށްފައިވަނީ މިއަދު 11:19 ގައި ކަމަށެވެ.

އެ ދެމަފިރިން ގެއްލުނީ ސްނޯކަލިންއަށް ކޮންސްޓަންސް މޫފުށީގެ ފަޅުތެރެއަށް އެރި އުޅެނިކޮށެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ފަތުރުވެރިން މަރުވުމުގެ ހާދިސާތައް ދޭތެރެ ދޭތެރެއިން ހިނގައެވެ.

މި އީދު ދުވަސްވަރު މޫސުން ގޯސްވެ ކަނޑުގަދަވާތީ ސަމާލުވުމަށް އެމްއެންޑީއެފްއިން ދަނީ ވަރަށް ބޮޑަށް އިލްތިމާސް ކުރަމުންނެވެ.

comment ކޮމެންޓް