ފަސް ރަށެއްގެ ކަރަންޓްގެ ހިދުމަތް ރަނގަޅުކުރަން ޖަނަރޭޓަރުތައް ފޮނުވަނީ

ގއ. ވިލިނގިއްޔަށް ގެންދާ ޖެނެރޭޓަރު ސެޓް ގެންދަން ތައްޔާރުވެފައި--- ފޮޓޯ: ފެނަކަ

ފަސް ރަށެއްގެ ކަރަންޓްގެ ހިދުމަތް ރަނގަޅުކޮށް އަދި ކެޕޭސިޓީ އިތުރުކުރަން އެ ރަށްރަށުގައި ކަރަންޓްގެ ހިދުމަތް ދެމުންގެންދާ ފެނަކަ ކޯޕަޜޭޝައިން އާ ޖަނަރޭޓަރުތައް ފޮނުވަން ނިންމައިފިއެވެ.

އެގޮތުން ލ.ގަމާއި. ގއ. ވިލިނގިލީ، ގދ. ތިނަދޫގެ އިތުރުން ތ. ގުރައިދޫ އަދި ލ. ފޮނަދޫއަށް އާ ޖަނެރޭޓަރުތައް ފޮނުވުމަށް ބޯޓަށް ލޯޑުކޮށްފައިވާ ކަމަށް ފެނަކައިން ބުންޏެވެ.

ގަމާއި ގުރައިދޫއަށް ފޮނުވަން ހަމަޖައްސައިފައިވަނީ 800 ކިލޯވޯޓުގެ ޖެނެރޭޓަރު ސެޓެކެވެ. އަދި ފޮނަދޫ، ވިލިނގިލި އަދި ތިނަދޫއަށް ފޮނުވަން ހަމަޖައްސައިފައިވަނީ އެއް މެގެވޯޓުގެ ޖެނެރޭޓަރު ސެޓެކެވެ.

މިދިޔަ ހުކުރު ދުވަހު ވަނީ ލ. ދަނބިދޫގެ އިންޖީނުގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެއް އިންޖީނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފައެވެ. ނަމަވެސް އިއްޔެ އެ ރަށަށް އާ އިންޖީނެއް ގެންގޮސްވަނީ ބަހައްޓައި ނިންމައިފައެވެ.

ފެނަކައިން ރާއްޖޭގައި 153 ބްރާންޗަކުން މިހާރުވެސް ދަނީ ހިދުމަތް ދެމުންނެވެ. މިދިޔަ އޯގަސްޓު މަހު ވަނީ އެކުންފުންޏަށް ހަތް އަހަރު ފުރިފައެވެ.

comment ކޮމެންޓް