ސްނޯކަލިންއަށް ދިޔަ ދެމަފިރިއަކު ގެއްލިގެން ހޯދަނީ

އެމްއެންޑީއެފް ކޯސްޓްގާޑުގެ ލޯންޗެއް ހަރަކާތްތެރިވަނީ --- ފޮޓޯ/ އައްޑޫލައިވް

އއ. މޫފުށި ރިސޯޓުން ސްނޯކަލިއަށް ދިޔަ ދެ ފަތުރުވެރިންގެ ހަބަރެއް ނުވެގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފްއިން ބުނީ އެ ދެ ފަތުރުވެރިންގެ ހަބަރެއް ނުވެގެން ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ރިޕޯޓްކޮށްފައިވަނީ މިއަދު 11:19 ގައި ކަމަށެވެ.

ގެއްލިގެން ހޯދަމުން ދަނީ ދެމަފަރިން ކަަމަށްވެސް އެމްއެންޑީއެފްއިން ބުންޏެވެ.

އެ ދެމަފިރިން ސްނޯކަލިންއަށް ފޭބީ މޫފުށީގެ ފަޅުތެރެއަށްކަމަށްވެސް އެމްއެންޑީއެފްއިން ބުންޏެވެ.އަދި އެ ދެމަފރިން ހޯދުމަށް ކޯސްޓު ގާޑުގެ ޑައިވަރުން ހޯދުމަށް އެފްއައިސީ ވެލާނާ ލޯންޗްގައި ދަނީ ހަރަކާތްތެރިވަމުންނެވެ.

ތަފްސީލް އަންނަނީ....

comment ކޮމެންޓް