ލޯންޗެއްގެ ބެޓެރި ގޮވައި ދެ މީހަކު ފިހިއްޖެ

ގެމަނަފުށި ފަޅުތެރޭގައި އޮތް ލޯންޗެއްފެ ބެޓްރީ ގޮވާފައި: އެ ހާދިސާގައި ދެ މީހަކު ވަނީ ފިހިފައި ---- ފޮޓޯ: ފުލުހުން

ގއ. ގެމަނަފުށީ ފަޅުގައި އޮތް ލޯންޗެއްގެ މަސައްކަތެއް ކުރަމުން ދަނިކޮށް އެ ލޯންޗްގެ ބެޓެރީ ގޮވައި ދެ މީހަކު ފިހިއްޖެއެވެ.

އެ ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 10:00 ހާއިރުއެވެ.

ފުލުހުން ބުނ،ީ ބެޓެރީ ގޮވުމުގެ ސަބަބުން ދެ ފިރިހެނެއްގެ ހަށިގަނޑުގެ ގައި އަލިފާން ހިފައި ފިހިފައިވާ ކަމަށެވެ. އެ ދެ މީހުނަށް ވެސް އަންނަނީ ގެމަނަފުށި ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންނެވެ.

އެ ހާދިސާގައި ލޯންޗަށްވެސް އެކިވަރުގެ ގެއްލުން ލިބިފައިވާއިރު ފިހުނު ދެ މީހުން ހާލު ސީރިއަސް ނޫން ކަމަށް ވަނީ އެނގިފައެވެ.

"ރޯވުމާއެކު އެކަކު މޫދަށް ފުންމާލި އަދި އެނެކަކު ޖެޓީއަށް އެރީ. ދެ މީހުންގެވެސް އަތާއި ފައި ފިހިފަ ހުރީ. މިހާރު އަންނަނީ މަރުކަޒުގައި ފަރުވާ ދެމުން،" ގެމަނަފުށި ކައުންސިލްގެ ނައިބް ރައީސް މުހައްމަދު މުސައްފިރު ވިދާޅުވިއެވެ.

comment ކޮމެންޓް