މިއަހަރުގެ ހައްޖުގެ ތެރޭގައި ސައުދީގައި ފުރަތަމަ ފަހަރަށް ހައިސްޕީޑް ރޭލުގެ ހިދުމަތް ލިބޭނެ

ސައުދީން އެޗްއެޗްއާރުގެ ހިދުމަތް ދޭން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު -- ފޮޓޯ: ސީއެންއެން

މައްކާ (އޮގަސްޓު 9): މިއަހަރުގެ ހައްޖަކީ ސައުދީ އަރަބިއާއިން ހައިސްޕީޑް ރޭލުގެ ހިދުމަތް ލިބޭނެ ފުރަތަމަ ހައްޖަށް ވެގެންދާނެއެވެ.

މައްކާއާއި މަދީނާ ދޭތެރޭ ދަތުރު ކުރާ ހަރަމައިން ހައި ސްޕީޑް ރޭލު (އެޗްއެޗްއާރު)ގެ ހިދުމަތް ސައުދީން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އެހެންކަމުން މިއީ ހައްޖުވެރިންނަށް އެ ހިދުމަތް ބޭނުންކުރެވޭ ފުރަތަމަ ފަހަރެވެ.

ސައުދީގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި ގަޑިއަކު 300 ކިލޯމީޓަރަށް (186 މޭލަށް) ދަތުރުކުރާ އެރޭލުން މައްކާ =އާއި މަދީނާއާ ދޭތެރޭގެ ދަތުރަކަށް ނަގާނީ ގާތްގަނޑަކަށް ދެ ގަޑި އިރެވެ. އަދި އެ ހިދުމަތް ދޭން 35 ރޭލު އޮންނަ އިރު ކޮންމެ ރޭލެއްގައި ބިޒްނަސް އަދި އިކޮނޮމީ ކްލާހަށް ބަހާލާފައިވާ 417 ސީޓު ހުރެއެވެ.

ސައުދީން ބުނާ ގޮތުގައި އެޗްއެޗްއާރުން ކޮންމެ އަހަރަކު 60 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެއެވެ. އަދި މިއަހަރު ހައްޖުގެ އަޅުކަން އަދާ ކުރާ މީހުންގެ އަދަދު 2.5 މިލިއަނަށް އަރާނެއެވެ.

comment ކޮމެންޓް