ސައިކަލަކުން ޖެހި އަންހެން ކުއްޖަކަށް އެމެޖެންސީގައި ފަރުވާދެނީ

މަޖީދީމަގު --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

މާލޭގައި ދުއްވި ސައިކަލަކުން ޖެހި 17 އަހަރުގެ އަންހެން ކުއްޖަކަށް އެމެޖެންސީގައި ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިރޭ މަޖީދީ މަގު ކަފިހުރަސް މަތިން މަގު ހުރަސް ކުރަން އުޅުނު 17 އަހަރުގެ އަންހެން ކުއްޖެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގައިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ އަންހެން ކުއްޖާއަށް ފަރުވާ ދެމުންދަނީ އޭޑީކޭ ހޮސްޕިޓަލްގެ އެމެޖެންސީގައި ކަމަށެވެ. އަދި އެ އަންހެން ކުއްޖާގެ މޭ ކަށިގަނޑާއި އުނަގަނަޑަށް އަދި ވާތު ކޮނޑަށް ތަދުވެ އަދި މެއަށް ތަދުވާތީ ނޭވާލާން އުނދަގޫވެގެން އުޅޭކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގިއިރު ސައިކަލް ދުއްވަން އިނީ 35 އަަހަރުގެ ފިރިހެނެއް ކަމަށާއި އަދި އޭނާގެ އަތުގައި ލައިސަންސް އޮންނަ ކަމަށެވެ.

އެ މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގް ކުރަމުންނެވެ.

comment ކޮމެންޓް