ޕޭޔާ މެދުވެރިކޮށް މީޑިއާނެޓު ބިލް ދެއްކޭ ގޮތް ހަދައިފި

ޕޭޔަރ އެޕްލިކޭޝަން--

ފަސޭހައިން ބިލްތައް ދައްކާލެވޭ ޕޭޔާ އެޕްލިކޭޝަނުން މިހާރު މީޑިއާނެޓްގެ ބިލް ދެއްކޭނެ ކަމަށް ޕޭޔާ އިން ބުނެފި އެވެ.

ޕޭޔާ އިން ބުނީ މިވަގުތު މިޑިއާ ނެޓު ބިލު ދެއްކޭނީ ހަމައެކަނި އައިއޯއެސް އެޕްލިކޭޝަނުން ކަމަށާއި ކަސްޓަމަރުންގެ ފީޑްބެކަށް ބަލައި ވަރަށް އަވަހަށް އެންޑްރޮއިޑް އެޕްލިކޭޝަނަށް ވެސް މި ފީޗާ ތައާރަފު ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުން ވަނީ ކަސްޓަމަރުންގެ ފާޑުކިޔުމަށް ބެލުމަށް ފަހު، ކަސްޓަމަރުންނަށް އެއްމެ ފަސޭހައިން މި ހިދުމަތް ބޭނުން ކުރެވޭނެ ގޮތަކަށް ޕޭޔާ ފަރުމާކުރެވެގެން ދިޔުން." ޕޭޔާ އިން ބުންޏެވެ.

ޕޭޔާ އިން ބުނީ ފައިސާދެއްކުމުގެ އިތުރުން މީޑިއާނެޓް ކަސްޓަމަރުންނަށް ސެލްފް- ސާވިސްގެ ހިދުމަތް ވެސް ޕޭޔަ މެދުވެރިކޮށް ލިބިގެންދާނެ ކަމަށެވެ. އެ ގޮތުން ޕޭޔާ މެދުވެރިކޮށް ޕެކޭޖް އަޕްގްރޭޑްކޮށް، އެޑްއޮންތައް ގަނެވޭނެ ކަމަށާއި މީޑިއާނެޓް އެކައުންޓް ބެލެންސް ބަލާލައި އެ ބެލެންސް ބޭނުކްކޮށްގެން ވެސް ފައިސާދެއްކޭނެ ކަމަށެވެ.

ޕޭޔާ އަކީ މީގެ ނުވަ މަސް ކުރިން، ނަގުދު ފައިސާއަށް ބަރޯސާވާ މިންވަރު ކުޑަކޮށް، އެއްތަނަކުން ހުރިހާ ބިލަކަށް ފައިސާދެއްކޭނެ ވަސީލަތެއް ގާއިމުކުރުމުގެ މަގްސަދުގައި ޒުވާން ޓީމަކުން އުފެއްދި އެޕްލިކޭޝަނެކެވެ. ޕޭޔާ މެދުވަރިކޮށް ރާސްޓަސް، ރީލޯޑް، ދިރާގު އަދި އުރީދޫގެ ބިލްތަކަށް ފައިސާ ދެއްކުމުގެ އިތުރަށް ލަވަފޮށި، އައިޓިޓުންސް، ގޫގަލް، ސްޕްޓޮއިފައި، ޕްލޭސްޓޭޝަން ގިފްޓްކާޑް ވެސް ގަންނަންލިބެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް