އިންތިޒާރުކޮށްލާ! އައިފޯން 11 ސެޕްޓެމްބަރުގައި

އެޕަލް އިން މިއަހަރު ބާޒާރަށް ނެރޭ އައިފޯނު 11 ސެޕްޓެމްބަރު ގައި ލޯންޗު ކުރާނެ އެވެ. މިއީ އެޕަލްގެ ފޯނުގެ އިންތިޒާރުގައި ތިބި އެ ބްރޭންޑްގެ ވަފާތެރި ފޭނުންނަށް މިއަހަރު ލިބޭ އެންމެ އުފާވެރި ހަބަރަށް ވާނެ އެވެ.

އައިފޯނު އެކްސް ގެ ފަހުން އެޕަލް އިން ނެރުނު ފޯނުތަކަކީ މާބޮޑު ބަދަލެއް ނުގެނެސް ނެރެފައިވާ ފޯނުތަކެކެވެ. ނަމަވެސް އައިފޯނު 11 އިން ކަސްޓަމަރުން ބޭނުންވެދާނެ ފަދަ ބަދަލުތައް ފެންނާނެ ކަމުގެ އުންމީދު އެ ކުންފުނިން އަންނަނީ ދެމުން އެވެ. ހަމަގައިމުވެސް ފޯޯނުގެ ޑިޒައިނުން ބަދަލުތައް ފެންނާނެ އެވެ.

އައިފޯނުގެ ވިޔަފާރި ދަށްވެ ވާދަވެރިން ކުރި ހޯދާފައިވާ މި ދަނޑިވަޅުގައި އެޕަލް އިން އައިފޯނު 11 ގެ ތިން މޮޑެލް އެއް ބާޒާރަށް ނެރެން ވަނީ ތައްޔާރުވެފަ އެވެ. އެއީ އައިފޯނު 11، އައިފޯނު 11 އާރު އަދި 11 މެކްސް އެވެ.

ފަހަރުގައި މިއީ އެޕަލް އަށް އާ ކަސްޓަމަރުންތަކެއް ގެނެސްދީފާނެެ ފޯނުތަކަކަށް ވެދާނެ އެވެ. މިހާރުވެސް އެޕަލްގެ ކަސްޓަމަރުންގެ ގޮތުގައި ތިބި ގިނަބަޔަކު އަވަހަށް އަޕްގްރޭޑަކާ ހަމައަށްވެސް ދާނެ އެވެ.

އަންނަ މަހުގެ ތެރޭ އައިފޯނު ދައްކާލާނެ ކަމަށް ބެލެވުނު ނަމަވެސް، އެޕަލްގެ އިވެންޓަށް އަދި ދައުވަތެއް ނުފޮނުވަ އެވެ. އެކަމަކު އާންމުކޮށް ކޮންމެ އަހަރަކުވެސް އެޕަލްގެ ފޯނު ލޯންޗު ކުރަނީ ސެޕްޓެމްބަރުގައި ކަމަށްވެފައި މިއަހަރުވެސް އާދައިގެ މަތިން އެކަން އެގޮތަށް ހިނގާނެކަމަށް ޓެކްނޮލޮޖީގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ލަފާކުރެ އެވެ.

އެޕަލްގެ އައިފޯނު 11 ވާނީ އައިއޯއެސް 13 އާ އެކު ނެރޭ ފޯނަކަށެވެ. އާ ފޯނުގެ ކެމެރާގެ އަޕްގްރޭޑަކާއެކު ދެން ފެންނާނެ ބަދަލުތަކުގެ މާބޮޑު ތަފްސީލެއް އަދި ތިލައެއް ނުވެ އެވެ. އައިފޯނު 11 ގެ އަގު އުޅޭނީ 1000 ޑޮލަރުން މަތީގައި ކަމަށް އަންނަނީ ލަފާކުރަމުން އެވެ.

comment ކޮމެންޓް