ދިވެހި ސިފައިންގެ އޮނިގަނޑަށް ބައެއް ބަދަލުތައް ގެންނަނީ

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޒަކަރިޔާ މަންސޫރު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

ދިވެހި އަސްކަރިއްޔާގެ އޮނިގަނޑަށް ބައެއް ބަދަލު ގެންނަން ނިންމައިފި އެވެ.

މިއަދު ބަންޑާރަ ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމްއެންޑީއެފްގެ ޗީފް ސްޕޯކްސް ޕާސަން ބްރިގޭޑިއާ ޖެނެރަލް ޒަކަރިޔާ މަންސޫރު ވިދާޅުވީ ރައްޔިތުންނަށް އަދާކުރަން ޖެހޭ ޒިންމާތަކާއި އަސްކަރިއްޔާގެ ވާޖިބުތައް އަދާކުރުމަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާ ކަމަށެވެ.

"ހާއްސަގޮތެއްގައި އަޅުގަނޑުމެން ފޯކަސްކުރަމުން މިގެންދަނީ ރައްޔިތުންނާ ކައިރިން ހިދުމަތްތައް ފޯރުކޮށްދިނުމަށް އޭގެ ތެރޭގައި ފާހަގަކޮށްލަން، އަލިފާން ނިންވުމުގެ ހިދުމަތް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް،" ޒަކަރިޔާ މަންސޫރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އަލިފާން ނިންވުމުގެ ހިދުމަތް އޭރިއާތަކުގެ ރަށްތަކަށް ފުޅާކޮށް އިތުރު ރަށްރަށަށް ހިދުމަތް ފޯރުކޮށްދޭން ނިންމާފައިވާ ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޒަކަރިޔާ މަންސޫރު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

"ބައެއް ފަހަރަށް ރަށްތަކަށް ދާން އެބަ އުނދަގޫވޭ އަލިފާން ނިއްވުމުގެ ކަންތަކަށް. އެއްގަމުންވިޔަސް ކަނޑު މަގުންވިޔަސް މި ހިދުމަތްތައް ފުޅާކުރެވެނެ މަގު ތަނަވަސް ކުރުމަށް އިތުރު ޕްލޭންތައް ހަދަމުން އެބަދަން،" ޒަކަރިއްޔާ ވިދާޅުވި އެވެ.

މި ހިދުމަތްތައް ފުޅާކުރުމަށް ސާވިސް ކޯގެ ނަމުގައި އިތުރު ބަޔެއް އުފައްދާފައިވާކަން ވެސް ޒަކަރިއްޔާ ފާހަގަ ކުރެއްވި އެވެ.

އޭނާ އަދި ވިދާޅުވީ، މުޅި އަސްކަރިއްޔާގެ ހިންގުން ހަރުދަނާ ކުރުމަށް ވަކި ޑިޕާޓްމެންޓެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ސިފައިންގެ ސެރެމޯނިއަލް ކަންތައް ދެން ހިނގާނީ މި ޑިޕާޓްމެންޓުގެ ދަށުން ކަމަށް ޒަކަރިޔާ މަންސޫރު ވިދާޅުވިއެވެ.

"މި ހުރިހާ ކަމެއް ބައްޓަން ކުރެވިގެން މިދަނީ އަޅުގަނޑުމެންގެ މުޅި ސާވިސް ރިފޯމު ކުރެވި ޒަމާނީ ބަދަލުތަކެއް ގެނައުމަށް. ރައްޔިތުންނަށް ފޯރުކޮށްދޭ ހިދު،ަތް މިހާރަށްވުރެ އަވަހަށް ކޮލެޓީކޮށް ފޯރުކޮށްދިނުމަކީ އަމާޒު،" ޒަކަރިޔާ މަންސޫރު ވިދާޅުވީ މި ހިދުމަތްތަކަށް ބޭނުންވާ އާލާތްތައް ހޯދުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޒަކަރިޔާ މަންސޫރު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

"މިހާރުވެސް އެންމެ މަތީ ފެންވަރުގައި ބޭރުގެ ފަރާތްތަކާއެކު އެގްރިމެންޓް ކުރެވިފައި އެބަހުރި. އޭގެ ދަށުން ޑިފެންސް ފޯސް އަށް ބޭނުންވާ ސާމާނުތައް ހޯދުމަށް ދަނީ މަޝްވަރާ ކުރަމުން،" އެންމެ ބޮދު އަމާޒަކީ އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކޮށް، ރައްޔިތުން ބޭނުންވާ ހިދުމަތްތައް އަވަހަށް ފޯރުކޮށްދިނުމަކީ އަމާޒު ކަމަށްވެސް ޒަކަރިއްޔާ މަންސޫރު ވިދާޅުވިއެވެ.

"އަލިފާނުގެ ހާދިސާއަކަސް، ކަނޑުމަތީގެ ހާދިސާއަކަސ،ް ސީދާ ޑިފެންސާ ގުޅުންހުރި ކަމަކަށް ވިޔަސް އެންމެ މުހިއްމު ކަމަކީ އިންސާނީ ވަސީލަތްތައް ތަރައްގީވެފައި އޮތުން،" އަސްކަރިއްޔާ އަށް ބޭނުންވާ ތަމްރީނު ބޭރުގެ ފަރާތްތަކުން ލިބޭތޯ އަބަދުވެސް މަސައްކަތްވާކަމަށް އޭނާ ވިދާޅުވިއެވެ.

ސީއެމްބިޔުލާންސް އަކީ ބަލިމީހުން އުފުލަން މުހިއްމު އެސެޓެއް ކަމަށާއި ސީ އެމްބިޔުލާންސްގެ ފްލީޓު އިތުރުކުރުމަށްވެސް މަސައްކަތް ކުރަމުންދާކަން ޒަކަރިޔާ މަންސޫރު ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް