ފިލްމީތަރި ނުސްރަތު ޖަހަން ރާއްޖޭގައި!

ނުސްރަތު ޖަހަން---

އިންޑިއާގެ ފިލްމީތަރި ނުސްރަތު ޖަހަން 29، ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަނީ އޭނާގެ ފިރިމީހާ ވިޔަފާރިވެރިޔާ ނިކިލް ޖެއިންއާ އެކުގައެވެ. އޭނާ ޗުއްޓީ ހޭދަކުރަމުން އަންނަ ރިސޯޓެއް ހާމަކޮށްފައެއްނުވެއެވެ.

ހަނީމޫނަށް ނުސްރަތު ރާއްޖެއައި އިރު އޭނާ އަކީ ޓްރިނަމޫލް ކޮންގްރެސް ޕާޓީގެ މެމްބަރެއްގެ ގޮތުގައި އިންޑިއާގެ މަޖިލީހުގެ ޕާލިމަންޓް މެންބަރެކެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ މަންޒަރު އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކުރަމުން އަންނައިރު އޭނާގެ ފިރިމީހާ ނިކިލް ވެސް އަންނަނީ ރާއްޖޭގައި ނަގާފައިވާ ފޮޓޯތައް އޭނާގެ އިންޓަގްރާމް އެކައުންޓްގައި ހިއްސާކުރަމުންނެވެ.

ނުސްރަތު އެންމެ ފުރަތަމަ ނުކުތީ މޮޑެލިންގެ ދާއިރާއަށެވެ. އެއަށްފަހު ފިލްމީދާއިރާއަށް ޝައުގުވެރިކަން އުފެދި އެންމެ ފުރަތަމަ ފިލްމީދާއިރާއަށް ނުކުތީ 2011 ވަނަ އަހަރެވެ.

ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ ނުސްރަތުގެ ފިލްމެއް އަންނަ އަހަރު ފެންނާނެ ކަމަށް ހަބަރުތައް ބުނެއެވެ.

comment ކޮމެންޓް