އީދާ ދިމާކޮށް މޯލްޑިވިއަން އިން ކުޅުދުއްފުއްޓަށް ދަތުރުތައް ފަށަނީ

ކުޅުދުއްފުށި އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖެއްސުން: މި މަހުގެ ނުވަ ވަނަ ދުވަހު ކުޅުދުއްފުށި އެއާޕޯޓަށް ދަތުރުތައް ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބުނެފައި -- ފޮޓޯ:އެމްޓީސީސީ

ބޮޑު އީދާ ދިމާކޮށް ގައުމީ އެއާލައިން މޯލްޑިވިއަން ގެ ދަތުރުތައް ކުޅުދުއްފުއްޓަށް ފެށުމަށް ނިންމައި ޓިކެޓް ވިއްކަން ފަށައިފި އެވެ.

ޓްރާންސްޕޯޓް އެން ސިވިލް އޭވިއޭޝަން މިނިސްޓްރީން މިއަދު ވުނީ މި މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން މޯލްޑިވިއަންގެ ކޮމާޝަލް ދަތުރުތައް ކުޅުދުއްފުއްޓަށް ފެށުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިއަދުން ފެށިގެން ޓިކެޓް ގަންނަން ލިބޭނެ ކަމަށް ވެސް އެ ޓްވީޓްގައި ވަނީ ބުނެފަ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ރިޔާސީ ކެމްޕެއިނުގެ ފަހު ދުވަސްކޮޅު ކުޅުދުއްފުށި އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖައްސައި އެއާޕޯޓް ހުޅުވުމަށް ރަސްމިއްޔާތެއް ބޭއްވި އެވެ. ނަމަވެސް އެ އެއާޕޯޓް ހުޅުވި އިރު އޮތީ ހަމައެކަނި ރަންވޭ އެކެވެ. ޗެކް އިން ކުރެވޭނެ އިންތިޒާމެއް ހަމަޖެހިފައި ނެތް އިރު ފަސިންޖަރުންނަށް ހާއްސަ ޓާމިނަލެއް، އެއާޓްރެފިކް ކޮންޓްރޯލު ޓަވަރެއް، ކަރަންޓު، ފެން އަދި ނަރުދަމާގެ ވަސީލަތްތަކެއް ވެސް އެ އެއާޕޯޓުގައި ނެތެވެ. އެއާޕޯޓު ރަންވޭ ފަހުން ބޭނުންކުރީ ޖޮގިން ޓްރެކެއްގެ ގޮތުގަ އެވެ.

ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތާ ގުޅޭގޮތުން މިނިސްޓަރު ނަހުލާ ދާދި ފަހުން ވިދާޅުވީ އެ އެއާޕޯޓުގެ ޓާމިނަލް ނިންމުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޓެސްޓްފްލައިޓު ޖައްސާފައިވާ ކުޅުދުއްފުށީ އެއާޕޯޓަށް މިއަހަރުގެ މެދުތެރޭގައި ޝެޑިއުލް ދަތުުރުތައް ފަށާނެ ކަމަށް ވެސް އޭރު މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް