ވަގަށް ބަނބުކެޔޮ ކަނޑަނިކޮށް ވެއްޓި އަނިޔާވި މީހާ މާލެގެންނަނީ

ކުޅުދުއްފުށީގެ މަގެއް: އެރަށުގައި ވަގަށް ބަބުކޮޔޮ ކަނޑަން އުޅުނު މީހަކު ވެއްޓި ވަނީ އަނިޔާވެފައި -- ސަން ފޮޓޯ/ ނަޖާހު މަސްއޫދު

ބަނބުކޮޔޮ ގަހަކުން ވަގަށް ބަނބުކޮޔޮ ކަނޑަނިކޮށް ވެއްޓި އަނިޔާވި މީހަކު އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ.

މިހާދިސާ ހިނގީ ހދ. ކުޅުދުއްފުށީގައެެވެ. ވައްކަމުގެ މި މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު މެންދުރު 1:38 ގައި އެވެ.

ފުލުހުން މިއަދު ބުނީ، 39 އަހަރުގެ ފިރިހެނަކު ބަނބުކޮޔޮ ގަހަކުން ވެއްޓި އަނިޔާވުމުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، އެ މީހާ އިތުރު ފަރުވާ އަށް މިހާރު މާލެ ގެނެސްފައިވާ ކަމަށެވެ.

އޭނާ ވައްކަން ކުރަން މަސައްކަތް ކުރީ ކުޅުދުއްފުށީ މީހުން ދިރިނޫޅޭ ގެއަކުންނެވެ.

ވައްކަމުގެ މި މައްސަލަ ކުޅުދުއްދުށީ ޕޮލިސް ސްޓޭޝަން އިން ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.

މިއަހަރުގެ މިހާތަނަށް ވައްކަމުގެ 2،554 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހެޅިފައެވެ. އޭގެ ތެރޭގައި މިމަހު މިހާތަނަށް ހުށަހެޅި 61 މައްސަލައެއް ހިމެނެއެވެ.

comment ކޮމެންޓް