މޯލްޑިވިއަންގެ ޓިކެޓް އޮފީސް ސިޓީ ސްކޮޔާއަށް ބަދަލުކޮށްފި

ވެލާނާ އިންޓަނޭޝަނަލ އެއާޕޯޓުގެ އާ އޭޕްރަން އިފްތިތާހުކުރުން -- ސަން ފޮޓޯ: ފަރީޙާ އަބްދުﷲ

ގައުމީ އެއާލައިން މޯލްޑިވިއަންގެ ޓިކެޓިންގް އޮފީސް، ޗާންދަނީ މަގާއި އަމީރު އަހްމަދު މަގު ކަންމަތީގައި ހުންނަ އެސްޓީއޯ ސިޓީ ސްކޮޔާ އިމާރާތަށް ބަދަލުކޮށްފިއެވެ.

މޯލްޑިވިއަންގެ ޕީއާރު މެނޭޖަރު މުސާ ވަސީމް "ސަން" އަށް ޓިކެޓް އޮފީސް ސިޓީ ސްކޮޔާއަށް ބަދަލުކުރީ މިއަދުން ފެށިގެން ކަމަށެވެ. ޓިކެޓު އޮފީހުގެ އިތުރުން ކޯލް ސެންޓަރުވެސް މިހާރު ވަނީ ސިޓީ ސްކޮޔާއަށް ބަދަލުކޮށްފައެވެ.

ޓިކެޓް އޮފީސް އެހެން އިމާރާތަކަށް ބަދަކުރީ އެ އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ފަސޭހަ ކަމާއެކު ޖާގަ ތަނަވެސް ތަނެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށްވެސް މޫސާ ވިދާޅުވިއެވެ.

އާ ބިލްޑިންގްގައި ޓިކެޓް އޮފީސް ހިނގަމުންދާއިރު ކުރިއަށްވުރެ ޓިކެޓިން ކައުންޓަރުތައް އިތުރުވާނެކަމަށްވެސް މޫސާ ވިދާޅުވިއެވެ.

މީގެ ކުރިން މޯލްޑިވިއަންގެ ކުރިން ޓިކެޓް އޮފީސް ހިންގަމުންދިޔައީ ރަސްފަންނު ކައިރީގައި ހުންނަ ދާރުލްއީމާން އިމާރާތުގައެވެ.

މޯލްޑިވިއަންއިން ދަނީ އެކުންފުނީގެ ހިދުމަތްތައް ރަނގަޅުކުރުމަށް ވަރަށް ބޮޑަށް މަަސައްކަތް ކުރަމުންނެވެ. އެގޮތުން އެއާބަސް އޭ 330 ގެ ދެބޯޓު ގެންނަން ނިންމައި، ޔޫރަޕުވެސް ހިމެނޭ ގޮތަށް އިތުރު މަންޒިލްތަކަަކަށް އުދުހުމަށްވސް މޯލްޑިވިއަންއިން މިހާރު ދަނީ ތައްޔާރުވަމުންނެވެ.

comment ކޮމެންޓް