މަސްވެރިން ބޭނި 400 ކިލޯގެ ހިބަރު ވިއްކާލީ އެންމެ 4000 ރުފިޔާއަށް

ދިވެހި މަސްވެރިންތަކެއް ބޭނި 400 ކިލޯގެ ހިބަރު--- ފޮޓޯ: ދިވެހި މަސްވެރިން/ ޓުވިޓާ

ހަތަރު ސަތޭކަ ކިލޯގެ ހިބަރެއް ދިވެހި މަސްވެރިންތަކެއް ބާނައިފިއެވެ.

އެ މަސް ހިބަރު ބާނައިފައިވަނީ ދ. މީދޫގެ މަސްވެރިންތަކެެކެވެ.

ދ. މީދުގެ މަސްވެރިއަކު "ސަން" އަށް މައުލޫމާތު ދެމުން ބުނީ އެ ހިބަރު ބާނައިފައިވަނީ މިދިޔަ މަހު 27 ގައި ކަމަށެވެ.

" އެ ހިބަރު ބޭނީ ނުވަ ވަރަކަށް މީހުންވެގެން. ފަހުން އެ މަސް ރިސޯޓަކުންވެސް ނުގަތް. އެެހެންވެ އެ ހަލާކުވެދާނެތީ ނުއަގުގައި ވިއްކާލީ. މިރަށުގެ މީހަކަށް އެ ވިއްކާލީ އެންމެ 4000 ރުފިޔާއަށް" މަސްވެރިޔާ ބުންޏެވެ.

އޭނާ ބުނީ މީގެ ކުރިންވެސް އެރަށުގައި 200 ކިލޯގެ ހިބަރު މަހެއް ބާނައިފައިވާ ކަމަށެވެ.

މިހާތަނަށް މުޅި ދުނިޔޭގައިވެސް ބޭނީ އެންމެ ބަރު ހިބަރުގެ ގޮތުގައި ރެކޯޑްކުރެވިފައިވަނީ 818 ކިލޯގެ ހިބަރެކެވެ.

މިދިޔަ މަހު ދިވެހި މަސްވެރިންތަކެއް ގދ. ފިޔޯރީ ކައިރިން 74 ކިލޯގެ ފާނައެއްވެސް ވަނީ ބާނައިފައެވެ.

comment ކޮމެންޓް