އިންޑިއަން އައިޑޮލް ފަށަން ތައްޔާރުވަނީ

އިންޑިއަން އައިޑޮލް 11 ވަނަ ސީޒަން ފަށަން ވަނީ ތައްޔާރުވެފައި---

ފްރެންޗައިޒް ރިއަލިޓީ ޝޯ އިންޑިއަން އައިޑަލްގެ ދިހަ ސީޒަން މިހާތަނަށް ކުރިއަށް ގެންގޮސްފައިވާއިރު މިހާރު ތައްޔާރުވަމުންދަނީ 11 ވަނަ ސީޒަން އަށެވެ.

އިންޑިއަން އައިޑަލްގެ 11 ވަނަ ސީޒަންގެ އޮޑިޝަންތައް މިހާރު ކުރިއަށް ގެންދާއިރު އެ ޝޯ ފަށާނެ ތާރީހެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ސޮނީ ޓީވީއިން މިހާރު ދައްކާ ލަވަ ޝޯ "ސުޕަސްޓާ ސިންގާ" ނިމުމާއެކީ އިންޑިއަން އައިޑޮލް ފަށާނެ ކަމަށް ހަބަރުތައް ބުނެއެވެ.

މިފަހަރު ޖަޖިން ޕެނަލް އިން ނީތީ މޯހަން ފެނިގެންދާނެ ކަމަށް ހަބަރުތައް ބުނެއެވެ.

މިދިޔަ ސީޒަނުގައި ޖަޖުންގެ ޕެނަލް އިން ފެނުނީ އަނޫ މާލިކް ނެހާ ކައްކަރު އަދި ވިޝާލް ދަދްލާނީ އެވެ. ސޮނީ އެންޓަޓެއިންމެންޓް އިން ގެނެސްދޭ މި ޝޯގެ ފުރަތަމަ ސީޒަން ދައްކާފައި ވަނީ 2004 ގަ އެވެ. ފުރަތަމަ އިންޑިއަން އައިޑަލް އަކީ އަބީޖީތު ސާވަންތް އެވެ.

comment ކޮމެންޓް