ތަމްރީނުތަކެއްގައި މި ހަފްތާ ކައްދޫ ބޭރުގައި ބަޑި ޖަހާނެ: އެމްއެންޑީއެފް

އެމްއެންޑީއެފުން މާލޭ އޭރިއާގައި މިހާރު ކުރިއަށްގެންދަމުންދާ އަސްކަރީ ތަމްރީންތަކުގެ ތެރެއިން --- ފޮޓޯ/ އެމްއެންޑީއެފް

ކުރިއަށް އޮތް ފަސް ދުވަހު ލ. ކައްދޫ ބޭރުގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފްއިން ބުނީ މިއަދުން ފެށިގެން މި މަހުގެ އަށްވަނަ ދުވަހަށް ތަމްރީނުތައް ކުރިއަށް ގެންދަން ނިންމާފައި ވަނީ ކައްދޫ އިރުމަތީ ފަރާތުން ހަތް ނޯޓިކަލް މޭލު ބޭރުގައި ކަމަށެވެ.

އަދި މި ތަމްރީނުތަކުގައި ބަޑި ޖެހުމުގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.

އެގޮތުން ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ކައްދޫގެ އިރުން ހަތް ނޯޓިކަލް މޭލު ބޭރަށް، 4،000 މީޓަރު ދުރުމިނަށާއި 100 މީޓަރުގެ އުސްމިނާ ދެމެދުގައި ކަމަށެވެ.

comment ކޮމެންޓް