ފެނަކައަށް 7 އަހަރު ވުމުގެ ގޮތުން ހާއްސަ ފުޓްސަލް މުބާރާތެއް ފަށައިފި

ފެނަކައަށް ހަތް އަހަރު ވުމުގެ އުފަލުގައި މިއަދު ފެށި ހާއްސަ ފުޓްސަލް މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ// ފެނަކަ

ފެނަކަ އަށް ހަތް އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން އެ އިދާރާގެ "ފެނަކަ ރެކްރިއޭޝަން ކްލަބުން" އިންތިޒާމްކޮށްގެން ބާއްވާ ފުޓުސަލް މުބާރާތެއް އިއްޔެ ފަށައިފި އެވެ.

ފެނަކަ ކުންފުނީގެ މެނޭޖިންގް ޑައިރެކްޓަރު އަޙުމަދު ސަޢީދު މުޙައްމަދުގެ އިސްނެންގެވުމުގެ ދަށުން އިއްޔެ މި ފެށި މިބުބާރާތުގައި ހެޑް އޮފީހުގެ 74 މުއައްޒަފުން އަށް ޓީމެއްގެ ގޮތުގައި ބައިވެރިވެފައިވެ އެވެ. ގްރޫޕުތަކަކަށް ބާހާލައިގެން މުބާރާތް ކުރިއަށްދާ އިރު ޗެމްޕިއަން ޓީމަށާއި ރަނަރަޕަށް އަދި ފެއާ ޕްލޭ ޓީމަށް ފައިސާގެ އިނާމު ކަނޑައެޅިފައިވެ އެވެ. މި މުބާރާތް ކުރިއަށްދާނީ ދެ ދުވަހުގެ ނިޔަލަށެވެ.

ފެނަކައަށް ހަތް އަހަރު ވުމުގެ އުފަލުގައި މިއަދު ފެށި ހާއްސަ ފުޓްސަލް މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ// ފެނަކަ

މީގެ އިތުރުން މުބާރާތުން ފާހަގަ ކުރެވޭ އެންމެ މޮޅު ހަތަަރު ކުޅުންތެރިޔަކު ހޮވުމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ ހޮވާގޮތަށް ވެސް ހަމަޖެހިފައިވެ އެވެ.

ހެޑު އޮފީސް މުއައްޒިފުންގެ މެދުގައި ފެށި މި މުބާރާތް، ފެނަކައިގެ ހުރިހާ ބްރާންޗެއްގެ ބައިވެރިވުން އޮންނާނެ ގޮތަކަށް އަތޮޅުތަކުގެ ތެރޭގައި ބޭއްވުމަށް ވެސް މެނޭޖިންގް ޑައިރެކްޓަރު ހުށަހަޅުއްވާފައި ވާތީ އެކަން އެގޮތަށް ކުރުމަށް އެފްއާރުސީ އިން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

ފެނަކައަކީ ރާއްޖޭގައި 153 ބްރާންޗަކުން ޚިދުމަތްދޭ 2000 އަށް ވުރެ ގިނަ މުވައްޒިފުން ހިމެނޭ ކުންފުންޏެކެވެ. މިހެންވުމާ އެކު ކުންފުނީގެ މުއައްޒިފުންގެ މެދުގައި އެކުވެރިކަން ދެމެހެއްޓުމަށް މިފަދަ ހަރަކާތްތައް ހިންގުމަކީ ފެނަކަ ރެކްރިއޭޝަން ކުލަބުގެ އަމާޒެކެވެ.

comment ކޮމެންޓް