ސިވިލް އޭވިއޭޝަން މަޝްވަރާތަކަށް ގްލޯބަލް އޭވިއޭޝަން ސިމްޕޯޒިއަމްގައި ނަހުލާ ބައިވެރިވެވަޑައިގެންފި

މިނިސްޓަރު ނަހުލާ ތައިލެންޑް ސިމްޕޯޒިއަމްގައި --- ފޮޓޯ/ ޓްރާންސްޕޯޓް މިނިސްޓްރީ

ސިވިލް އޭވިއޭޝަން މަޝްވަރާތައް ކުރުމަށް ތައިލެންޑް، ޕުކެޓް ގައި ބޭއްވި ގްލޯބަލް އޭވިއޭޝަން ކޯޕަރޭޝަން ސިމްޕޯޒިއަމްގައި ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ ބައިވެރިވެވަޑައިގެންފި އެވެ.

ތިންވަނަ ގްލޯބަލް މި ސިމްޕޯޒިއަމް ކުރިއަށް ގެންދިޔައީ މިިދިޔަ މަހު 21 އިން 25 އަށެވެ.

މި އަހަރު ސިމްޕޯޒިއަމް ގެ ޝިއާރަކީ، ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ހިންގުމުގައި މަސައްކަތް ކުރަން ޖެހޭ އޮނިގަނޑާއި އަދި އަޅަން ޖެހޭ ފިޔަވަޅުތައް ދެނެގަތުމާ ގުޅޭ ގޮތުންނެވެ.

މިނިސްޓަރު ނަހުލާ ތައިލެންޑް ސިމްޕޯޒިއަމްގައި --- ފޮޓޯ/ ޓްރާންސްޕޯޓް މިނިސްޓްރީ

ޓްރާންސްޕޯޓު މިނިސްޓްރީ މިއަދު ބުނީ، މި ސިމްޕޯޒިއަމްގައި ސިވިލް އޭވިއޭޝަނާ ގުޅުން ހުރި ގިނަ މަޝްވަރާތައް ކުރެވިފައިވާ ކަމަށެވެ. އެގޮތުން މިނިސްޓަރު ނަހުލާ ވަނީ ރާއްޖޭގެ ސިވިލް އޭވިއޭޝަން ދާއިރާ މިވަގުތު އޮތް ހާލަތާއި ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި ކަމަށެވެ

މި ސިމްޕޯޒިއަމް އަކީ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނަޒޭޝަން (އިކާއޯ) ގެ ޓެކްނިކަލް ކޯޕަރޭޝަން ބިއުރޯއާއި ސިވިލް އޭވިއޭޝަން އޮތޯރިޓީ އޮފް ތައިލެންޑް ގުޅިގެން ކުރިއަށް ގެންދިޔަ ސިޕްމޯޒިއަމް އެކެވެ.

މި ސިމްޕޯޒިއަމްގެ ހަވާސާގައި މިނިސްޓަރު ވަނީ އިކާއޯގެ ރައީސްގެ އިތުރުން އެކި ގައުމުތަކުގެ އޭވިއޭޝަން ދާއިރާގެ އިސް ފަރާތްތަކާ ވެސް ބައްދަލުކުރައްވާފައެވެ.

comment ކޮމެންޓް