ބިންހެލުމަކާއެކު އިންޑޮނޭޝިއާއަށް ސުނާމީގެ އިންޒާރު

އިންޑޮނޭޝިއާގެ ސުމަޓްރާގެ ހުޅަނގު ދެކުނުގައި އޮންނަ ސިޓީއަކަށް އައި ބިންހެލުމަކާއެކު ސުނާމީގެ އިންޒާރު ދީފިއެވެ.

ރެކްޓާ މިންގަނޑުން 6.9ގެ ބާރުމިނުގައި އައި މި ބިންހެލުމުގައި އެއްވެސް މީހަކަށް ގެއްލުންލިބުނުކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.

ސުނާމީ އިންޒާރާއެކު ޖާވާ އައިލެންޑްސްގައި އުޅޭ މީހުން ރައްކާތެރި ސަރަހައްދުތަކަށް ދިޔުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެކަމަށް ލަފާނުކުރެވޭ ކަމަށް މެޓު އޮފީހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް