ކުޑަކުދިންގެ ހިޔާއަށް އުރީދޫގެ ހާއްސަ ހަދިޔާތަކެއް

އުރީދޫގެ 14 ވަނަ އަހަރީ ދުވަސް ކުޑަކުދިންގެ ހިޔާގައި ފާހަގަކުރުން --- ފޮޓޯ/ އުރީދޫ

އުރީދޫ މޯލްޑިވްސްގެ 14 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން، އެކުންފުނިން ވިލިމާލޭ ކުޑަކުދިންގެ ހިޔާއަށް ޕެޓް ކޭޖުތަކެއް ހަދިޔާކޮށްފިއެވެ.

އުރީދޫ މޯލްޑިވްސްގެ 14 ވަނަ އަހަރީ ދުވަސް އިއްޔެ އެކި ހަރަކާތްތަކާއެކު ފާހަގަކުރި އިރު، އުރީދޫއިން އިއްޔެ ވަނީ ކުޑަކުދިންގެ ހިޔާއަށް ޒިޔާރަތްކޮށްފައެވެ.

އެކުންފުނިން ބުނި ގޮތުގައި، ކުޑަކުދިންގެ ހިޔާގައި އުޅޭ ކުދިން ޕެޓްގެ ގޮތުގައި މުސަޅާއި ކުކުޅު ފަދަ ޖަނަވާރު ގެންގުޅުމަށްޓަކައި ކޮށި ހޯދުމަށް އެދިފައި ވަތީ، އުރީދޫއިން އެފަދަ ކޮށިތަކެއް ޖަހައި، ހިޔާއަށް ހަދިޔާކުރީއެވެ.

"މި ތަކެއްޗަކީ އެތަނުގައި އުޅޭ ކުދިން ބޭނުންވެގެން މި އަހަރުގެ ކުރީކޮޅު އެކުދިން ޖެންޑާ މިނިސްޓަރުގެ އަރިހުން ހޯދައިދިނުމަށް އެދިފައިވާ ތަކެތި،" އުރީދޫއިން ބުންޏެވެ.

އުރީދޫގެ 14 ވަނަ އަހަރީ ދުވަސް ކުޑަކުދިންގެ ހިޔާގައި ފާހަގަކުރުން --- ފޮޓޯ/ އުރީދޫ

އުރީދޫގެ މި ހާއްސަ ހަދިޔާ ހިޔާއަށް ހަވާލުކުރީ އިއްޔެއެވެ. ހިޔާގެ ފަރާތުން އެ ހަދިޔާއާ ހަވާލުވެވަޑައިގަތީ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފެވެ.

މީގެ އިތުރުންވެސް އިތުރު ހަދިޔާތައް އުރީދޫއިން ވަނީ އިއްޔެ ހިޔާއާ ހަވާލުކޮށްފައެވެ.

https://sun.mv/122534

ވަތަނިއްޔާގެ ނަމުގައި 2005 ވަނަ އަހަރު ރާއްޖޭގައި އޮޕަރޭޓުކުރަންފެށި އުރީދޫއަށް 14 އަހަރު ފުރުމުގެ މުނާސަބަތުގައި އިއްޔެ އެކުންފުނިން ވަނީ އެކުންފުނީގެ ޕާޓްނަރުންނަށް ޚާއްސަ މަލާފަތެއް ހަދިޔާކޮށްފައެވެ.

އުރީދޫގެ އަހަރީ ދުވަހުގެ ހަރަކާތްތައް ފެށީ 1 އޯގަސްޓް ވަނަ ދުވަހުގެ މެންދަމު، ވެމްކޯގެ މުވައްޒަފުންނާއެކު ބޭއްވި ކެއުމަކުންނެވެ.

އުރީދޫގެ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅިގެން އެކުންފުނީގެ ސީއީއޯ ނަޖީބު ޚާން އިއްޔެ ވިދާޅުވީ ފާއިތުވި 14 އަހަރު ތެރޭ ރާއްޖޭގެ ޓެލެކޮމް ދާއިރާއަށް ލިބުނު ކުރިއެރުމުގައި އުރީދޫގެ ހިއްސާއެއް އޮތުމަކީވެސް ފަހުރުވެރިވާ ކަމެއް ކަމަށެވެ.

"2ޖީއިިން ފެށިގެން 3ޖީއަށް، ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް އެޅުނު ފުރަތަމަ ސަބްމެރިން ކޭބަލް، މުޅި ގައުމު ނެޓްވޯކަކުން ގުޅާލުމުގައި އުރީދޫގެ ދަތުރު އޮތުމަކީ ލިބޭ ފަހުރެއް. 100 ޕަސެންޓް 4ޖީ ޕްލަސް ނެޓްވޯކަކާއެކު އުރީދޫއަކީ ރާއްޖޭގެ ހުރިހާ ރަށަކަށް މޯބައިލްގެ ހިދުމަތް ދޭ ކުންފުންޏެއް،" ނަޖީބް ވިދާޅުވިއެވެ.

"މި ހިސާބުން އަޅުގަނޑުމެން ހުއްޓައެއް ނުލާނަން. މުޅި ދުނިޔެ ޑިޖިޓަލައިޒް ވަމުންދާއިރު ދުނިޔެއާއި ރާއްޖެ ގުޅައިލުމުގައި އުރީދޫގެ ހިއްސާ އޮންނާނެ،" އުރީދޫގެ ސީއީއޯ ވިދާޅުވިއެވެ.

comment ކޮމެންޓް