ޑެންގޫ ޖެހިގެން އަނެއްކާވެސް ތެލެސީމިއާ ކުއްޖަކު ނިޔާވެއްޖެ

އައިޖީއެމްއެޗް: އެ ހޮސްޕިޓަލުގައި ތެލެސީމިއާ ކުއްޖަކު ޑެންގޫ ޖެހިގެން ވަނީ މަރުވަފައި -- ސަން ފައިލް ފޮޓޯ

ޑެންގޫ ޖެހިގެން ތެލެސީމިއާ ކުއްޖަކު އަނެއްކާވެސް އައިޖީއެމްއެޗްގައި ނިޔާވެއްޖެ އެވެ.

މިއީ ޑެންގޫ ޖެހިގެން އައިޖީއެމްއެޗްގައި މި އަހަރު މަރުވި ދެވަނަ ކުއްޖާ އެވެ. މިދިޔަ މަހުގެ 23 ވަނަ ދުވަހު ވެސް ޑެންގޫ ހުން ޖެހިގެން ނުވަ އަހަރުގެ ތެލެސީމިއާ ފިރިހެން ކުއްޖަކު މަރުވެފައިވެ އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މިރޭ "ސަން" އަށް ވިދާޅުވީ، ތެލެސީމިއާ ޕޭޝަންޓް، 11 އަހަރުގެ އެ ކުއްޖާ މަރުވެފައިވަނީ މިރޭ 7:00 އެހާކަށްހާއިރު ކަމަށެވެ. އޭނާ ވިދާޅުވީ، އެކުއްޖާ ޑެންގޫއަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ޑެންގޫ ހުން ޖެހިގެން ދެ ކުއްޖަކު ނިޔާވި އިރު، ބޯންމެރޭ ހެދުމަށް ފަހު ފަރުވާ ދެމުން ދަނިކޮށް ދިވެހި ކުޑަކުއްޖަކު އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި މިދިޔަ މަހު 23 ވަނަ ދުވަހުވެސް ނިޔާވި އެވެ.

އޭގެ އިތުރުން މިދިޔަމަހު ތެލެސީމިއާ ހުންނަ އިތުރު ދެކުއްޖަކު ކައިރިކައިރީގައި ވަނީ ނިޔާވެފަ އެވެ. އޭގެ ތެރޭގައި މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީގެ ފޮޓޯގްރަފަރު އަދުހަމް މުހައްމަދު (އަދޫ) 24، އާއި އިސްމާއިލް ފަޔާޒް 27، ހިމެނެ އެވެ.

ތެލެސީމާ ބަލި ހުންނަ 882 މީހުންް ތެލެސީމިއާގެ ދަފުތަރުގައި ހިމެނެއެވެ. އޭގެ ތެރެއިން ދުނިޔޭގައި މިވަގުތު ތިބީ 632 މީހުންނެވެ.

comment ކޮމެންޓް