ހައްޖު ދުވަހަކީ އޮގަސްޓް 10 ކަމަށް ކަނޑައަޅައިފި

ހަރަމްފުޅުގެ ތެރޭގައި ބަޔަކު ހަރަކާތްތެރިވަނީ: ހައްޖު ދުވަހަކީ އޮގަސްޓް 10 -- ފޮޓޯ -- ރޮއިޓަސް

މިއަހަރުގެ ހައްޖު ދުވަހަކީ، މިމަހުގެ 10 ވާ ހޮނިހިރު ދުވަސް ކަމަށް ސައުދީ އަރަބިއްޔާ އިން ކަނޑައަޅައިފި އެވެ.

ސައުދީ ސަރުކާރުން ވަނީ މާދަމާ (އޮގަސްޓް، 2، 2019) ވާ ހުކުރުދުވަހަކީ ހައްޖު މަހުގެ އެއްވަނަ ދުވަސް ކަމަށް ނިންމާފައެވެ.

އެހެން ކަމުން ހައްޖު މަހުގެ ނުވަ ވަނަ ދުވަހަކީ، މިމަހުގެ 10 ވާ ހޮނިހިރު ދުވައެވެ.

ހައްޖު ދުވަސް އޮގަސްޓް 10 އަކަށް ކަނޑައެޅުމުން ހައްޖުގެ މަތިވެރި އަޅުކަމާ ގުޅިގެން އަންނަ އަޟްހާ އީދު ދުވަހަކީ އޮގަސްޓް 11 ވާ އާދީއްތަ ދުވަހެވެ.

ދިވެހި ސަރުކާރުން މީގެ ކުރިން ނިންމާފައިވަނީ، ބޮޑު އީދު ބަންދާ ގުޅުވައި، އަންނަ އޯގަސްޓް މަހުގެ 15 ވާ ބުރާސްފަތި ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާށެވެ.

އެ ދުވަސް ބަންދުކުރުމުން އީދު ދުވަހުގެ ކުރިން އޮންނަ ހަފްތާ ބަންދާއެކު، އީދު ޗުއްޓީއަށް ޖުމްލަ ނުވަ ދުވަސް ލިބޭނެއެވެ. ބުރާސްފަތި ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅީ ގިނަ ބަޔަކު އީދު ޗުއްޓީގައި ރަށުން ބޭރަށް ދާނެތީ، ލުއިފަސޭހަ ކޮށްދިނުމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް