ތެޔޮ ބޯޓަކާއި މުދާ އުފުލާ ދޯންޏެއް ޖެހި ނުރައްކާ އެކްސިޑެންޓެއް

އެކްސިޑެންޓްގައި ދެ އުޅަނދަށް ވެސް ގެއްލުންވެފައި -- ފޮޓޯ/ ޕޮލިސް

ތެޔޮ ބޯޓަކާއި މުދާ އުފުލާ ދޯންޏެއް ޖެހި ދެ އުޅަނދަށް ވެސް ގެއްލުންތަކެއް ވެއްޖެ އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގީ ރޭ ދަންވަރު 12:44 އެހާކަންހާއިރު ޅ. މާފިލާފުށީގެ އެއް މޭލު ބޭރުން ކަމަށެވެ. ފުލުހުން ބުނީ އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށެވެ.

ނަމަވެސް، ދެ އުޅަނދު އެކްސިޑެންޓް ވުމުގެ ސަބަބުން ދޯންޏާއި ބޯޓްގެ އަރިމަތީ ފައްގަނޑު ހަލާކުވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެކްސިޑެންޓްގެ ތަހުގީގު، ފުލުހުން މިހާރު ވަނީ ފަށައިފަ އެވެ.

comment ކޮމެންޓް