މެޖިސްޓްރޭޓް މައުސޫމްގެ އިތުރު ތިން މައްސަލައެއް ބަލަނީ

ޖޭއެސްސީގެ ބައެއް މެމްބަރުން --- ފޮޓޯ: ޖޭއެސްސީ

ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމްގެ އިތުރު ތިން މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފިއެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ވަނީ އެ މައްސަލަތައް ބެލުމަށް ތިން މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.

އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ:

  • ކޮމިޝަނުގެ ނައިބު ރައީސް މަސްތޫރު ހުސްނީ
  • ކޮމިޝަނުގެ މެމްބަރު ހިސާން ހުސައިން
  • ކޮމިޝަނުގެ މެމްބަރު އަބްދުއްރައޫފް އިބްރާހީމް

ޖޭއެސްސީން ބުނީ މެޖިސްޓްރޭޓް މައުސޫމާ ގުޅޭގޮތުން މީގެކުރިން ބަލަމުން ގެންދިޔަ މައްސަލަވެސް އެ ކޮމިޓީއަށް ފޮނުވުމަށް މިއަދު ނިންމާފައިވާ ކަމަށެވެ.

އޭނައާ ގުޅޭގޮތުން ބަލަމުން އަންނަނީ ކޮން މައްސަލަތަކެއް ކަމެއް ޖޭއެސްސީން ހާމައެއް ނުކުރެއެވެ.

comment ކޮމެންޓް