ހެކި ނެތުމުން ނޭމާއާ ދެކޮޅަށް ފެށި ރޭޕް އިންވެސްޓިގޭޝަން ހުއްޓާލައިފި

ބްރެޒިލްގެ ތަރި ނޭމާ --- ފޮޓޯ/ އޭޕީ

ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ހުނަރުވެރި ފޯވާޑް ނޭމާ ޖޫނިއާއާ ދެކޮޅަށް ކުރެވުނު އަންހެނެއް ރޭޕް ކުރުމުގެ ތުހުމަތުގައި ފެށި އިންވެސްޓިގޭޝަނަށް ހަރުދަނާ ހެކި ލިބިފައި ނުވާތީ މައްސަލަ ކުރިއަށް ނުގެންދިއުމަށް ނިންމައިފި އެވެ.

މިި އަހަރުގެ ކުރީ ކޮޅު ހިނގާ ދިޔަ މި ހާދިސާގައި ނޭމާއާ ގުޅޭ ގޮތުން ކޮށްފައިވާ ތުހުމަތަކީ އަންހެނަކާ ޕެރިހުގައި ހުންނަ ހޮޓެލް ސޮފިޓެލްގައި ގަދަ ކަމުން ގުޅުން ހިންގި ކަމުގެ ތުހުއްމަތެވެ. ނޭމާއަށް ކޮށްފައިވާ މި ތުހުއްމަތުގައި ޝާމިލްވާ އަންހެނަކީ ބްރެޒިލްގެ އިންސްޓަގުރާމް މޮޑެލެއް ކަމުގައިވާ ނަޖިލާ ޓްރިންޑޭޑް ނަމަކަށް ކިޔާ އަންހެނެކެވެ.

https://sun.mv/119892

އެ މައްސަލަ ތަހުގީގު ކުރަމުން އައި ސައޯ ޕޯލޯގެ ފުލުހުންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ނޭމާއާއި އެ ހާދިސާގައި ޝާމިލް ވާ އަންހެނާއާ ދިމާވީ އިންސްޓަގުރާމުންނެވެ. އަދި ނޭމާގެ ރައްޓެއްސެއް މެދުވެރިކޮށް އެ އަންހެން މީހާއަށް ޓިކެޓު ނަގައިދިނުމަށް ފަހު ޕެރިހަށް ގެނެސް ހޮޓެލްއެއްގައި ބެހެއްޓި ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލު ވިދާޅުވީ ނޭމާއާ އެ މީހާ ދިމާވީ މޭ މަހުގެ 15 ވަނަ ދުވަހުގެ ރޭ 20:00 ހާ އިރު ކަމަށާއި އެ ވަގުތު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ. އަދި އެ ރޭ ނޭމާ ވަނީ އެ އަންހެނާގެ ނުރުހުމުގައި އޭނާއާ ގުޅުން ހިންގަން މަސައްކަތް ކޮށްފައިވާ ކަމަށް އެ އަންހެނާ ބުނި ކަމަށް ވެސް އޮފިޝަލް ބުންޏެވެ.

އެ މައްސަލައާ ބެހޭ ގޮތުން ނޭމާ ބުނީ އޭނާ އެފަދަ އަމަލެއް ކޮށްފައި ނުވާނެ ކަމަށާއި އެ ކަމަކީ އޭނާ އަގުވައްޓާލަން ކުރި ކަމެއް ކަމަށެވެ.

އަދި އެކަމަށް ބާރު ލިބޭ ހެއްކެއް ލިބިފައި ނުވުމުން އެ މައްސަލަ ނުބަލަން ސައޯ ޕައޮލޯގެ ތަހުގީގީ އިދާރައިން ވެސް މިހާރު ވަނީ ނިންމައިފަ އެވެ.

comment ކޮމެންޓް