ސައިކަލަކާއި އެމްބިއުލަންސެއް އެކްސިޑެންޓްވެ ސީރިއަސް އަނިޔާތަކެއް

ނަޑެއްލާގައި ރޭ އެކްސިޑެންޓްވި ސައިކަލް -- ފޮޓޯ: ޕޮލިސް

ގދ. ނަޑެއްލާގައި ރޭ އެމްބިއުލާންސް އަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.

މި އެކްސިޑެންޓު ހިނގައިފަނީ ވަނީ ނަޑެއްލާ އިރުމަތީ ފަރާތު ބަނދަރު ސަރަހައްދުގައި، ރޭ ދަންވަރު 12:36 ހާއިރު، ބަލި މީހަކު ގޮވައިގެން ދަތުރު ކުރަމުން ދިޔަ އެމްބިއުލާންސެއްގައި ސައިކަލަކުން ޖެހިގެންނެވެ.

އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ސައިކަލް ދުއްވަން އިން 27 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާތީ ރޭ ދަންބަރު 1:53 ހާއިރު ސީ އެމްބިއުލާންސްގައި ތިނަދޫގައި ހުންނަ، ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސް އަންނަނީ ފަރުވާ ދެމުންނެވެ.

ނަޑެއްލާގައި ރޭ އެކްސިޑެންޓްވި އެމްބިއުލާންސް -- ފޮޓޯ: ޕޮލިސް

އެކްސިޑެންޓުގައި އެމްބިއުލާންސް ދުއްވަން އިން މީހާއަށް އަނިޔާވެފައެއް ނުވެ އެވެ. އެމްބިއުލާންސް ދުއްވަން އިން މީހާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް އޮތް ނަމަވެސް، ސައިކަލް ދުއްވަން އިން މީހާގެ އަތުގައި ލައިސެންސް ނެތް ކަމަށް ފުލުހުން ބުނެއެވެ.

އެކްސިޑެންޓުގައި އެމްބިއުލާންސަށް ވެސް އަދި ސައިކަލަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މި މައްސަލަ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް