މިސްރުގެ މިއުޒިކް ފެސްޓިވަލަކަށް ދާން ރާއްޖެއަށް ފުރުސަތު ހުޅުވާލައިފި

މިސްރުގެ މިއުޒިކް ފެސްޓިވަލަކަށް ދާން ރާއްޖެއަށް ވަނީ ފުރުސަތު ލިބިފައި---

އަންނަ ސެޕްޓެމްބަރު މަހު މިސްރުގައި ބޭއްވުމަށް ހަމަޖެހިފައިވާ 12 ވަނަ އިންޓަރނޭޝަނަލް ފެސްޓިވަލް އޮފް ރިލިޖަސް ޗާންޓިން އެންޑް ސޫފީ މިއުޒިކް "ސަމާ" ގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ހުޅުވާލައިފިއެވެ.

ރާއްޖެ ތަމްސީލް ކުރުމަށް މިއުޒިކް ގްރޫޕްތަކާ ބޭންޑުތަކަށް އެ ފުރުސަތު މިހާރު ހުޅުވާލައިފައިވާއިރު އެ މިއުޒިކް ފެސްޓިވަލަކީ ސެޕްޓެމްބަރު މަހުގެ 20 އިން 27އަށް މިސްރުގެ ކައިރޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ފެސްޓިވަލެކެވެ.

ނޭޝަނަލް ސެންޓާ ފޮ ދި އާޓްސް އިން ބުނީ އެ ފެސްޓިވަލްގައި ބައިވެރިވެވޭނީ ގިނަވެގެން 12 މެމްބަރުންގެ މައްޗައް އެކުލެވޭ ގްރޫޕެއް ކަމަށެވެ. އަދި އެ ގުރޫޕްގެ މެމްބަރުންނަށް އެކޮމަޑޭޝަން އަދި ލޯކަލް ޓްރާސްޕޮޓޭޝަން ހަމަޖެހޭނެ ކަމަށްވެސް އެންސީއޭއީން ބުނެއެވެ.

އެންސީއޭ އިން ބުނީ އިންޓަނޭޝަނަލް އެއަފެއަ އަދި މެޑިކަލް އިންޝުއަރެންސް އާއި އެހެނިހެން އެލަވަންސްތައް ބައިވެރިވާ ގްރޫޕުން ހަމަޖައްސަންވާނެ ކަމަށެވެ.

ފެސްޓިވަލަށް ދާން ޝައުގުވެރިވާ ގްރޫޕްތަކަށް އެންސީއޭ އިން މިހާރު އަންނަނީ ފޯމު ދޫކުރަމުންނެވެ.

މީގެ ކުރިން ވެސް މިސްރުގައި ބޭއްވި މިއުޒިކް ފެސްޓިވްލްތަކުގައި ރާއްޖޭގެ މިއުޒިކް ބޭންޑް އަދި ގްރޫޕްތަކުން ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި ހަބޭސް ބޮޑުނެރު ގްރޫޕް އަދި ހަރުބީ ހިމެނެއެވެ.

comment ކޮމެންޓް