"އަލާއްދީން"ގެ އާމްދަނީ ބިލިއަން ޑޮލަރަށް ވުރެ މައްޗަށް!

އަލާއްދީން އަދި ޖިނީ--

ނަވާރަސަތޭކަ ނުވަދިހަ ދެ ވަނަ އަހަރު ނުކުތް ޑިޒްނީ ކާޓޫން "އަލާއްދީން" މިދިޔަ މެއި 24 ގައި ވަނީ ޕްރިމިއާކޮށްފައެވެ.

ފިލްމު ސްކްރީން ކުރިތާ ދެ މަހެއްހާ ތެރޭ ފިލްމަށް ވަނީ ބޮޑު އާމްދަނީ އެއް ލިބިފައެވެ. 183 މިލިއަން ޑޮލަރުގެ ބަޖެޓަކުން އުފެއްދި އަލާއްދީން އަށް މިހާރު ވަނީ އެއް ބިލިއަނަށް ވުރެ ގިނަ ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ.

ޑިޒްނީއިން ގެނެސްދިން ލައިވްއެކްޝަން ފިލްމުތަކުގެ ތެރެއިން ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރު ހަމަކުރި ފަސް ވަނަ ފިލްމު އަލާއްދީން އަދިވެސް ދަނީ ބައެއް ހިސާބުތަކުގައި ސްކްރީން ކުރަމުންނެވެ.

އެއާއެކު އަލާއްދީން ވެފައިވަނީ މިއަހަރު ބިލިއަން ޑޮރަލުގެ އާމްދަނީ ހޯދި ހަތަރު ވަނަ ފިލްމަށެވެ.

ފިލްމު ޑައިރެކްޓްކޮށް އުފައްދަނީގައި ރިޗީ އެވެ. އަދި ފިލްމުގެ ޕްރޮޑިއުސަރަކީ ޑޭން ލިން އެވެ.

ފިލްމުގައި އަލާއްދީންގެ ރޯލުން ފެނިގެންދާނީ މެނާ މައްސޫދެވެ. އަދި ޖޭސްމިންގެ ރޯލުން ފެނިގެންދާނީ ނައޯމީ ސްކޮޓް އެވެ. ޖީނީގެ ރޯލުން ވިލް ސްމިތް ފެނިގެންދާއިރު ޖަފަރުގެ ރޯލުން ފެނިގެންދާނީ މަރުއާން ކެންޒާރީ އެވެ.

މިހާރު ސްކްރީންތަކުގައި އަޅުވާފައިވަނީ ޑިޒްނީ ކާޓޫން ލަޔަން ކިންގް ގެ ފިލްމެވެ. އެ ފިލްމަށް ވެސް ބިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

comment ކޮމެންޓް