އައިލެންޑް އޭވިއޭޝަނުން ސިފައިންގެ ޕައިލެޓުންނަށް އަމަލީ ތަޖުރިބާ ހޯދައިދެނީ

އެމްއެންޑީއެފާއި އައިލެންޑް އޭވިއޭޝަނާ ދެމެދު މިއަދު ފަހުމުނާމާއެއްގައި ސޮއި ކުރުން -- ފޮޓޯ: އެމްއެންޑީއެފް

ސިފައިންގެ ޕައިލެޓުންނާއި އިންޖީނިއަރުންނަށް މަސައްކަތު އަމަލީ ތަޖުރިބާ ދިނުމަށް އެމްއެންޑީއެފާއި އައިލެންޑް އޭވިއޭޝަނާ ދެމެދު މިއަދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

ބަންޑާރަކޮށީގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެމްއެންޑީއެފްގެ ފަރާތުން ސޮއިކުރެއްވީ، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފެވެ.

އައިލެންޑް އޭވިއޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑައިރެކްޓާ މުހައްމަދު ރިޒްވީއެވެ.

މިއަދު ސޮއި ކުރި ފަހުމުނާމާގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ.

ފަހުމުނާމާގެ ދަށުން، ސިފައިންގެ ވައިގެ ހިދުމަތް ފުޅާކޮށް، ކުރިމަގުގައި ސިފައިންގެއަށް ގެނެވޭ ވައިގެ އުޅަނދުތައް އޮޕަރޭޓްކުރެވޭ ފެންވަރުގެ ތަޖުރިބާހުރި ޕައިލެޓުންނާއި އެއާކްރާފްޓް އިންޖިނިއަރުން އުފެއްދުމާއި، ސިފައިންގެ ޕައިލެޓުންނާއި އިންޖިނިއަރުންނަކީ ދިވެހިރާއްޖޭގައި އޮޕަރޭޓްކުރާ ވައިގެ އުޅަނދުތައް އޮޕަރޭޓްކުރުމުގެ ގާބިލުކަން ލިބިފައިވާ ސިފައިންނަށް ހެދުމަށް ދެފަރާތުގެ އެހީތެރިކަން ހޯދުމަށް ވަނީ އެއްބަސްވެފައެވެ.

comment ކޮމެންޓް