އެއާޕޯޓްސް ކޮމްޕެނީގެ ޚަރަދުގައި މިއަހަރުވެސް 10 މުވައްޒަފަކު ހައްޖަށް

އެއާޕޯޓްސް ކޮމްޕެނީގެ ހަރަދުގައި ހައްޖަށްދާ މުވައްޒަފުންނަށް ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އެމްއޭސީއެލް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ހަރަދުގައި މި އަހަރުވެސް ކުންފުނީގެ 10 މުވައްޒަފަކު ހައްޖަށް ފޮނުވާ ގޮތަށް ނިންމައިފިއެވެ.

މާބްލްސް ހޮޓެލްގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހައްޖަށް ދިއުމަށް ހޮވުނު މުވައްޒަފުންނަށް ވަނީ ލިޔުން ހަވާލުކޮށްފައެވެ. އެ މުވައްޒަފުންނަށް ލިޔުން ހަވާލުކޮށްދެއްވީ އެއާޕޯޓްސް ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހްއެވެ.

މިއީ އެއާޕޯޓްސް ކުންފުނިން ވިދިވިދިގެން މުވައްޒަފުން ހައްޖަށް ފޮނުވަމުންދާތާ ހަތަރު ވަނަ އަހަރެވެ.

އެއާޕޯޓްސް ކުންފުނިން ބުނީ މީހުން ހައްޖަށް ފޮނުވުމުގައި އެ މުވައްޒަފުންގެ ހާޒިރީއާއި އަދި ކުންފުންޏަށް ހިދުމަތް ކުރި މުއްދަތަށް ބަލައިފައިވާ ކަމަށެވެ.

ހައްޖަށް ދާ މުވައްޒަފުން ފުރާނީ އަންނަ ބުދަ ދުވަހާއި އަދި ބުރާސްފަތި ދުވަހުއެވެ. އަދި އެ މުވައްޒަފުން ހައްޖަށް ފޮނުވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެކްޓިން އެމްޑީ މޫސާ ވިދާޅުވީ ހައްޖުގެ އަޅުކަމަކީ މުސްލިމަކަށް ކުރެވޭނެ އެންމެ ރަނގަޅު ކަންތައް ކަމަށެވެ.

" އަޅުގަނޑުމެންނަށް ފާހަގަކުރެވޭ އުމްރާއެއް ނިންމާފައި އަންނައިރު މީހާ ބަދަލުވާކަން،" އެކްޓިން އެމްޑީ ވިދާޅުވިއެވެ.

comment ކޮމެންޓް