އެންދަމަން ފޭބި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

ގދ. ކޮނޮއްޓާ ރިސޯޓް: އެ ރިސޯޓު ކައިރީ އޮންނަ ތިލައަކަށް އެން ދަމަން ފޭބި މީހަކު މަރުވެފައި އޮއްވާ ވަނީ ފެނިފައި

މަސް ދޯންޏަކުން، ގދ. ކޮނޮއްޓާ ރިސޯޓު ކައިރީ އޮންނަ ތިލަޔަކަށް އެންދަމަން ފޭބި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

ނިޔާވެފައި ވަނީ އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ އަކީ މަސް ދޯނީގެ ދޯނީގެ ކެޕްޓަނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އޭނާ ނިޔާވެފައި އޮއްވާ ފެނުނީ މިއަދު ހަވީރު 16:30 ހާއިރު އެންދަމަން ފުޅި އަޅައިގެން މޫދަށް ފޭބި ގޮތަށް ހަބަރެއް ނުވެގެން، ދޯނީގައި ތިބި މީހުން އޭނާ ހޯދަން މޫދަށް ފައިބާ ބެލި އިރު، މޫދު އަޑިން ކަމަށެވެ.

އަދި މޫދު އަޑިން އޭނާ ފެނުނު އިރު ޚަބަރު ހުސްވެފައިވާ ކަމަށާއި، މޫދުން ނަގައިގެން 18:01 ހާއިރު ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޭނާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުގެ ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް