މެޖިސްޓްރޭޓް ހަސަން ދީދީ ސަސްޕެންޑުކޮށްފި

ކަނޑުހުޅުދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީ

ގއ. ކަނޑުހުޅުދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީ ސަސްޕެންޑުކޮށްފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ ކޮމިޝަނުން ހަސަން ދީދީއާ ގުޅޭގޮތުން ބަލަމުން އަންނަ ޝަކުވާއެއްގެ ތަހުގީގު ވަކިގޮތަކަށް ނިމެންދެން ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އޭނާ އަށް އެންގުމަށް މިއަދު ނިންމާފައިވާ ކަމަށެވެ.

ހަސަންދީދީއާ ގުޅޭގޮތުން ފަހަކަށް ވުރެ ގިނަ މައްސަލަ އެ ކޮމިޝަނުން އަންނަނީ ބަލަމުންނެވެ.

މީގެއިތުރުން ހުޅުމާލޭ ކޯޓުގައި ވަގުތީގޮތުން މަސައްކަތް ކުރާ މެޖިސްޓްރޭޓް ހުސައިން ރަޝީދު އެ ކޯޓަށް ބަދަލުކުރި މަގުސަދު ހާސިލުނުވާ ކަމަށް ހުސައިން ރަޝީދުގެ މައްސަލަ ބަލާ ކޮމިޓީއަށް ފެންނާތީ، އަންނަ މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ކުރިން އޭނާ މަސައްކަތް ކުރި ފުވައްމުލަކު ކޯޓަށް ބަދަލުކުރުމަށް ވެސް މިއަދު ވަނީ ނިންމާފައެވެ.

comment ކޮމެންޓް