ޗައިނާގެ އެހީގައި ފޮރިން މިނިސްޓްރީ މަރާމާތު ކުރަން ފަށައިފި

ޗައިނާގެ އެހީގައި ފޮރިން މިނިސްޓްރީގެ އިމާރާތް ރިނޮވޭޓްކުރަން ފެށުން --- ފޮޓޯ: ފޮރިން މިނިސްޓްރީ

ޗައިނާގެ އެހީގައި ރާއްޖޭގެ ފޮރިން މިނިސްޓްރީ އިމާރާތް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި އެވެ. އެ އިމާރާތަކީ ޗައިނާގެ ހިލޭ އެހީގައި ގާއިމް ކުރި އިމާރާތެކެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ ސަފީރު ޒަންގް ލިޒޮން އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

ޗައިނާގެ އެހީގައި ފޮރިން މިނިސްޓްރީގެ އިމާރާތް މަރާމާތު ކުރުމަށް އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

މި އެއްބަސްވުމުގެ ދަށުން، ފޮރިން މިނިސްޓްރީގެ އިމާރާތް މިހާރު ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ހޯދުމަށް މަސައްކަތް ކުރާނެއެވެ.

މި މަސައްކަތް ނިމުމުން، އެ މިނިސްޓްރީން ދިވެހިންނަށް ދެމުންގެންދާ ހިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް