އަހަރުތަކަކަށް ފަހު ފަންނާނުންގެ މިއުޒިކީ އީދު ބާއްވައިފި

ފަންނާނުންގެ މިއުޒިކީ އީދުގެ ތެރެއިން--- ފޮޓޯ/ ހެރިޓޭޖް މިނިސްޓްރީ

މިނިވަން ދުވަހާ ގުޅިގެން މާލޭގައި ކުރިން ބާއްވަމުން ދިޔަ ދިވެހި ފަންނާނުންގެ މިއުޒިކީ އީދު، އަހަރު ދުވަސްތަކަށް ފަހު، މި އަހަރު ބާއްވައިފި އެވެ.

އެންމެ ފަހުން ފަންނާނުންގެ މިއުޒިކީ އީދު ބޭއްވީ 2016 ވަނަ އަހަރު އެވެ.

ރޭގެ ޝޯއަށް ގިނަ ބައެއްގެ ތަރުހީބު ލިބުނު އިރު ރައީސްގެ ދެކަނބަލުން ރޭ ވަނީ ކާނިވަލު ސަރަހައްދަށް ވަޑައިގެން މިއުޒިކީ އީދު ބައްލަވާ ލައްވައިފަ އެވެ.

ފަންނާނުންގެ މިއުޒިކީ އީދުގައި ރައީސްގެ ދެކަނބަލުން ވަނީ ބައިވެރިވެވަޑައިގަންނަވާފައި--- ފޮޓޯ ހެރިޓޭޖް މިނިސްޓްރީ

އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވެސް ވަނީ މިއުޒިކީ އީދުގައި ބައިވެރިވެވަޑައިގަންނަވައިފަ އެވެ.

އަލިމަސް ކާނިވާ ސަރަހައްދުގައި ބޭއްވި އެ ޝޯގައި ވަނީ 13 ބޭންޑެއްގެ ހުށައެޅުން ދައްކާލައިފަ އެވެ.

ފަންނާނުންގެ މިއުޒިކީ އީދުގެ ތެރެއިން--- ފޮޓޯ/ ހެރިޓޭޖް މިނިސްޓްރީ

ރާއްޖޭގެ މަޝްހޫރު ބޭންޑް ޓްރެފިކް ޖޭމް އާއި މޭނާ ހައްސާން އަދި ސިމްބޮލިކް ރެކޯޑްސްގެ ވަރުގަދަ ހުށައެޅުންތަކެއް ވަނީ ފެނިގެން ގޮއްސަ އެވެ.

ސަގާފީ އަދި ޒަމާނީ މިއުޒިކީ ފަންނާނުންނާ އެކު ދިވެހި ފަންނާނުންގެ މިއުޒިކީ އީދު އަލުން ފަށާފައި މި ވަނީ ތިން އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު އެވެ.

comment ކޮމެންޓް