ބާ ކައުންސިލަށް ސެކްރެޓަރީ ޖެނެރަލަކު ހޯދަނީ

ބާ ކައުންސިލްގެ މެންބަރުން --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ބާ ކައުންސިލަށް ސެކްރެޓަރީ ޖެނެރަލަކު ހޯދުމަށް އިއުލާނު ކޮށްފި އެވެ.

އެ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތަކީ ކައުންސިލްގެ އިދާރީ މަސްއޫލިއްޔަތުތައް އަދާކޮށް އެ ކައުންސިލުގެ އެގްޒެކެޓިވް ކޮމެޓީ އިން ނިންމާ ނިންމުންތައް ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު އަދާ ކުރުން ކަމަށެވެ.

މި މަގާމުގެ އަސާސީ މުސާރައަކީ 20،500 ރުފިޔާއެވެ. ލިވިން އެލަވެންސްގެ ގޮތުގައި 15،000 ރުފިޔާ ލިބޭނެއެވެ.

އެއް އަހަރުގެ މުއްދަތަށް އެ މަގާމަށް ހޮވާ ކެންޑިޑޭޜަކީ ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށް ހަތް އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެއެވެ.

އަދި އެމީހަކު ގާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭފަދަ މައްސަލައެއް ޝަރުއީ ކޯޓަކަށް ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހެއްކަމުގައި ވެގެން ނުވާނެ ކަމަށާއި އެމީހަކީ ގާނޫނީ ގޮތުން ބަނގުރޫޓުވެފައިވާ މީހެއްކަމުގައި ވެސް ވެގެން ނުވާނެ ކަމަށް އިއުލާނުގައި ވެއެވެ.

އަދި ބާކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިމަތިލާ ފަރާތަކީ ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ވެގެން ނުވާނެ ކަމަށާއި ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ގަވާއިދުތަކަށް އަހުލުވެރިވެފައިވާ ވެހިބަހާއި އިނގިރޭސި ބަހުން ފަރިތަކަމާއެކު މަސައްކަތްކޮށް، މުއާމަލާތް ކުރުމުގެ ހުނަރު ލިބިފައިވާ ފަރާތަކަށްވެސް ވާންޖެހޭނެ ކަމަށް އިއުލާނުގައި ވެއެވެ.

މި މަގާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އޮގަސްޓު މަހުގެ ހަތަރު ވަނަ ދުވަހަށެވެ. މަގާމަށް ކުރިމަތިލާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ ބާކައުންސިލްގެ ވަގުތީ އޮފީސް (ބާ ޖަމާލުއްދީން) އަށެވެ.

އެކައުންސިލްގެ ރައީސް އަކ މައުމޫން ހަމީދެވެ. ނައިބު ރައީސް އަކީ އަބްދުﷲ މުއިއްޒެވެ.

އެކްޒެކެޓިވް މެންބަރުންގެ ގޮތުގައި ހިމެނިވަޑައިގަންނަވަނީ އަހުމަދު މުއިއްޒާއި އަނާރާ ނައީމާއި އާއިޝާ ސުޖޫން މުހައްމަދާއި އަނަސް ޢަބުދުއްސައްތާރާއި މުޙައްމަދު ފައިސަލާއި މުހައްމަދު އަސީލް ހަސަން އެވެ.

ގާނޫނީ ވަކީލުންނަށް ވަކީލުކަމުގެ ހުއްދަ ދިނުމާއި ވަކީލުންނާއި ގުޅުން ހުރި ހުރިހާ ކަމެއް ނިންމާނީ ބާ ކައުންސިލުންނެވެ. އަދި ވަކީލުންނާ މެދު ވިޔަވަޅު އެޅުމާއި ހުއްދަ ހިފެހެއްޓުމާއި ގާނޫނީ ވަކީލުންނާއި ގުޅުން ހުރި ހުރިހާ ކަމެއް ކުރަން ޖެހެނީ ބާ ކައުންސިލުންނެވެ.

comment ކޮމެންޓް