"ސިޓީއަށް ޗެމްޕިއަންސް ލީގަށް ވުރެ މުހިއްމީ ޕްރިމިއާ ލީގު"

މެންޗެސްޓާ ސިޓީގެ ފޯވާޑް ރަހީމް ސްޓާލިންގް --- ފޮޓޯ// މެޓް ޑޯމަން

ވޭތުވެ ދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގު ލިވަޕޫލުން އުފުލާލުމުން ކުޑަ އަސަރެއް ކޮށްލި ނަމަވެސް މެންޗެސްޓާ ސިޓީއިން އެންމެ ބޮޑު އިސްކަމެއް ދޭނީ އަންނަ ސީޒަނުގައި ޕްރިމިއާ ލީގު ކާމިޔާބު ކުރުމަށް ކަމަށް އެކުލަބުގެ ފޯވާޑް ރަޙީމް ސްޓާލިންގް ބުނެފި އެވެ.

އިނގިރޭސިވިލާތުގައި މިވަގުތު އެންމެ ވާދަވެރިކަން ބޮޑު ދެ ކުލަބު ކަމަށްވާ ލިވަޕޫލާއި މެންޗެސްޓާސިޓީއަށް ވެސް ކުޅެފައިވާ ސްޓާލިންގް ލިވަޕޫލް ދޫކޮށްލީ 2015 ވަނަ އަހަރު އެވެ. އަދި އޭގެ ފަހުން ގާޑިއޯލާގެ ކޯޗު ކަމުގައި ސްޓާލިންގް އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަައި ގިނަ ގޯލުތަކެއް ވެސް ޖަހަމުންނެވެ. އޭނާ ވަނީ ވޭތުވެ ދިޔަ ދެ ސީޒަނުގައި ވެސް ސިޓީއިން ޕްރިމިއާ ލީގު ކާމިޔާބު ކުރުމުގައި މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ.

މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ރަހީމް ސްޓާލިންއަށް ނަސްލީގޮތުން ފުރައްސާރަކޮށް، ހަމަލާ ދިން މީހެއްގެ މައްޗަށް 16 ހަފްތާގެ ޖަލުހުކުމެއް ވަނީ އިއްވާފައި -- ފޮޓޯ: ގެޓީ

ވޭތުވެ ދިޔަ ސީޒަނުގައި ޕްރިމިއާ ލީގުގެ އެއްވަނައަށް ބޮޑު ވާދަވެރިކަމެއް އުފެދުނު އިރު ސިޓީއަށް ތަށި ލިބުނީ އެންމެ ޕޮއިންޓެއްގެ ތަފާތުންނެވެ. ލީގުގެ ދެވަނަ ލިބުނު ލިވަޕޫލުން އެންމެ ފަހުން ކުޅުނު ހަރަތު ސީޒަން ވެސް ސިޓީގެ ފަހަތުގައި އޮވެ ނިންމާލަން ޖެހުނު އިރު އެ ޓީމުން ވަނީ ޓޮޓެންހަމް ބަލިކޮށް ޔޫރަޕުގެ އެންމެ ޝަރަފުވެރި ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ.

"އަހަރެންގެ ހިތަށް ވަރަށް އަސަރު ކުރި. ކުރިން ކުޅުނު ޓީމު އެފަދަ ބޮޑު ކާމިޔާބީއެއް ހޯދުމުން ވަރަށް އުފާ ވެސް ވި،" ސްޓާލިންގް ބުންޏެވެ.

އޭނާ ބުނީ ޗެމްޕިއަންސް ލީގަކީ އެންމެންގެ މެދުގައި ވެސް އެންމެ މަގުބޫލު މުބާރާތް ކަމަށެވެ. އަދި އެ މުބާރާތް ކާމިޔާބު ކުރުމަކީ ކޮންމެ ކުލަބެއްގެ ވެސް އަބަދުމެ ދެކޭ ހުވަފެނެއް ކަމަށެވެ.

"ޗެމްޕިއަންސް ލީގު ހޯދުމަކީ ލިބޭނެ ވަރަށް ބޮޑު ޝަރަފެއް. އެކަމަކު އަންނަ ސީޒަނުގައި ވެސް ސިޓީގެ އެންމެ ބޮޑު ޓާގެޓަކަށް ވާނީ ޕްރިމިއާ ލީގު ކާމިޔާބު ކުރުން،"

މެންޗެސްޓާ ސިޓީއަށް މިހާތަނަށް ޗެމްޕިއަންސް ލީގުގެ ތަށި ލިބިފައެއް ނުވެ އެވެ. ނަމަވެސް ލިވަޕޫލުން ވަނީ ހަފަހަރެއްގެ މަތިން އެ މުބާރާތް މިހާތަނަށް ހޯދައިފަ އެވެ.

comment ކޮމެންޓް