ޖޭއެސްސީގެ އިންތިހާބު މާނިއު ކާމިޔާބު ކުރައްވައިފި

ގާނޫނީ ވަކީލު އަބްދުލް މާނިއު ހުސައިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގާނޫނީ ވަކީލުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އިންނަވާނެ މެމްބަރަކު ހޮވުމަށް މިއަދު ބޭއްވި އިންތިހާބު އަބްދުލް މާނިއު ހުސައިން ކާމިޔާބު ކުރައްވައިފި އެވެ.

ވަކިލުންގެ ފަރާތުން ޖޭއެސްސީގައި އިންނަވާނެ މެމްބަރު ކަނޑައެޅުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބޭއްވި އިންތިހާބުގައި 404 ވަކީލުން ވޯޓު ދެއްވި އެވެ.

އޭގެ ތެރެއިން މާނިއު އަށް ލިބިވަޑައިގަތީ 199 ވޯޓެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ވަކީލު އަލީ ރަޝީދަށް ލިބިވަޑައިގަތީ 124 ވޯޓެވެ.

ވޯޓުގެ ނަތީޖާ:
1- މާނިއު 199 ވޯޓު
2- އަލީ ރަޝީދު 124 ވޯޓު
3- އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު 37 ވޯޓު
4- ހަނީފާ ޚާލިދު 27 ވޯޓު
5- އަހުމަދު ނަޝީދު 10 ވޯޓު

މީގެ ކުރިން، ވަކީލުންގެ ފަރާތުން ޖޭއެސްސީގައި އިންނެވީ ލަތީފާ ގާސިމެވެ. އަލަށް ތަސްދީގު ކުރި ގާނޫނީ ފަންނުގެ ބިލާ އެކު އޭނާގެ މަގާމު ވަނީ ގެއްލިފަ އެވެ.

comment ކޮމެންޓް