ފުޓުބޯޅައިގެ ނަސްލީ ތަފާތު ކުރުން އަހަރެއްގެ ތެރޭގައި 43 ޕަސެންޓް މައްޗަށް

ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ފުޓުބޯޅައިގައި ގެންގުޅޭ ސްލޯގަން އެއް/

އިނގިރޭސި ވިލާތުގެ ފުޓުބޯޅައިގައި ނަސްލީ ތަފާތު ކުރުމާ ގުޅުވައިގެން ހުށައެޅުނު މައްސަލަތައް ވޭތުވެ ދިޔަ އަހަރާ އަޅާ ބަލައި އިރު 43 އިންސައްތަ މަތިވެފައިވާ ކަމަށް އެންޓި ޑިސްކިރިމިނޭޝަން ޗެރިޓީއިން އާއްމު ކުރި އަޅައި ކިއުމުގެ ރިޕޯޓަކުން ދައްކައިފި އެވެ.

އަންދާޒީ ހިސާބުތަކުން ދައްކައި ގޮތުގައި 2018-2017 ސީޒަނާ އަޅައި ބަލާއިރު ވޭތުވެ ދިޔަ ސީޒަނުގައި ވަނީ ގައިގަނޑަކަށް 192 އާއި 274 އާ ދެމެދުގެ ވަރަކަށް އެކި ވައްތަރުގެ ނަސްލީ ތަފާތު ކުރުމުގެ މައްސަލަތައް ހުށައެޅުނު އަދަދު އިތުރުވެފަ އެވެ. މި ހުރިހާ މައްސަލަތަކަކީ ވެސް ފުޓުބޯޅައިގެ ތެރޭގައި ހިނގާފައިވާ ކަންކަމަށް ވާ އިރު ނަސްލީ ތަފާތު ކުރުމަކީ ކުޅިވަރުގެ ތެރޭގައި މުޅިން މަނާ ކަމެކެވެ.

"ކުޅިވަރަކާ ނަސްލީ ތަފާތު ކުރުމާ އެކުވެގެން ނުވާނެ. ފަހަކަށް އައިސް ވަރަށް ގިނައިން ބުނާތީ އަޑު އިވޭ ކަލޭ އައި ތާކަށް ދާށޭ. މިއީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމަށް ނޫން." އިނގިރޭސިވިލާތުގެ ބްރެކްސިޓް ޖަމިއްޔާގެ ޗީފް ރޮއިސަން ވޯޑް ވިދާޅުވި އެވެ.

އެންމެ ތުއްތު ކުދިންގެ ފުޓުބޯޅައިން ފެށިގެން ޕްރޮފެޝަނަލް ފުޓުބޯޅައާ ހަމައަށް މިދިޔަ ފުޓުބޯޅަ ސީޒަން ތެރޭގައި އިނގިރޭސި ވިލާތުގެ ފެޑެރޭޝަނަށް ވަނީ 422 މައްސަލައެއް ހުށައަޅައިފަ އެވެ. ނަމަވެސް އޭގެ ކުރީ ސީޒަނުގައި އެ އިދާރާއަށް ހުށައެޅުނު މައްސަލަތަކުގެ އަދަދަކީ 319 އެވެ. އެއީ މެޗުތަކުގެ ތެރޭގައި ހިނގި މައްސަލަތަކުގެ އަދަދެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް އެފަދަ އަތުރު 159 މައްސަލައެއް ވަނީ މިދިޔަ ސީޒަނުގެ ތެރޭގައި ހުށައަޅާފައިވެ އެވެ.

މީގެ އިތުރުން ދީނީ ހިޔާލުތަފާތުވުންތަކުގެ މައްސަލަތަކާ ގުޅިގެން ޖުމްލަ 63 މައްސަލައެއް މިދިޔަ އަހަރުގެ ތެރޭގައި ވަނީ ހުށައަޅައިފަ އެވެ. މިއީ ކުރީ އަހަރާއި އަޅާ ކިޔާއިރު 75 ޕަސެންޓް މަތީ އަދަދެކެވެ. ދެހާސް ސަތާރަ ވަނަ އަހަރު ދީނީ ތަފާތު ކުރުމުގެ މައްސަލަތަކުގައި ހުށައެޅީ 36 މައްސަލަ އެވެ.

މިދިޔަ ސީޒަނަކީ ވިދިވިދިގެން ނަސްލީ ތަފާތުކު ކުރުމުގެ މައްސަތައް ހުށައެޅުނު އަދަދު މަތިވި ހަތް ވަނަ ސީޒަނެވެ. އެގޮތުން މިދިޔަ ސީޒަންގެ ތެރޭގައި ހުށައެޅުނު ޖުމުލަ 581 މައްސަލަ އަކީ މީގެ ފަސް ވަރަކަށް އަހަރު ކުރިން މައްސަލަތައް ހުށައެޅުނު އަދަދަށް ވުރެން ދެގުނަ މަތީ އަދަދެކެވެ.

ކުޅިވަރުގެ ތެރޭގައި ނަސްލީ އަދި ދީނީ ތަފާތުކުރުމުގެ މައްސަލަތަކަށް ހައްލެއް ހޯދުމަށް ފުޓުބޯޅައާ ބެހޭ މައި އިދާރާއިން ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަ އިރު އެފަދަ އަމަލުތައް ކުރާ މީހުނާ މެދު ހަރުކަށި އަދަބު ދޭން ވެސް ފީފާއިން ވަނީ ނިންމައިފަ އެވެ.

އެގޮތުން ފުޓުބޯޅައިގެ ތެރޭގައި އެފަދަ މައްސަލައެއް ސާބިތުވެއްޖެ ނަމަ ބޮޑެތި ޖޫރިމަނާތަކާއި ސަސްޕެންޝަންތައް ވެސް މިހާރު އަންނަނީ ދެމުންނެވެ.

comment ކޮމެންޓް