އެމްއެމްޕްލޮއިޑް: ވަޒީފާތަކަށް ބިދޭސީން ގެނައުމުގެ ފުރިހަމަ ހިދުމަތް

ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތަށް ވަޒީފާޔަކަށް ބިދޭސީއެއް ގެންނަން ބޭނުންވޭ ހެއްޔެވެ؟ މިކަމަށް އޮތް އެންމެ ފަސޭހަ މަގަކީ އެމްއެމްޕްލޯއިޑް ހިޔާރުކުރުމެވެ. 2009 ވަނަ އަހަރު އުފެދުނު އެމްއެމްޕްލޯއިޑް އަކީ ގާނޫނުގެ ތެރެއިން ރާއްޖެއަށް ބިދޭސީން ގެނައުމުގެ މަސައްކަތް ކުރާ ފިރިހަމަ ހިދުމަތެއް ދޭ ކުންފުންޏެކެވެ. މި ހިދުމަތުގައި 10 އަހަރުވެފައި ވާއިރު، ބިދޭސީން ގެނައުމުގެ މަސައްކަތަށް އެ އެޖެންސީއިން ބޮޑެތި އިދާރީ ފީތަކެއް ނުނަގަ އެވެ.

އެމްއެމްޕްލޯއިޑް މެދުވެރިކޮށް ރާއްޖެއަށް ބިދޭސީން ގެންނަން ބޭނުންވާ ފަރާތްތަކުން ޖެހެނީ ބިދޭސީން ބޭނުންވާ އަދަދު ހުށަހަޅާށެވެ. އެހިސާބުން ފެށިގެން ބިދޭސީންގެ ޕާސްޕޯޓް އަދި ވިސާގެ ހުރިހާ ކަމަކާ ހަވާލުވެ އެ ހިދުމަތް ފުރިހަމަ ކަމާ އެކު ނިންމާލަ ދޭނީ އެމްއެމްޕްލޯއިޑް އިންނެވެ.

އެމްއެމްޕްލޯއިޑް އިން ބިދޭސީން ރާއްޖެ ގެނެސް، ކުންފުންޏާ ހަވާލު ކުރުމަށްފަހު، އަނބުރާ ފޮނުވާލުމާ ދޭތެރޭ ހުރިހާ ކަމެއް ބަލަހައްޓަން ލާޒިމް ވާނީ އެމީހުން ގެނައި ކުންފުނިންނެވެ. މަސައްކަތް ނިމުމުން ބިދޭސީން އަނބުރާ އެމްއެމްޕްލޯއިޑް އާ ހަވާލު ކުރުމުން، އެމީހުން ފޮނުވާލުމުގެ ކަންކަން ވެސް އެ ކުންފުނިން ކޮށްދޭނެ އެވެ.

ރާއްޖެއަށް ބިދޭސީން ގެނައުމުގެ މަސައްކަތް ކުރާ އެހެން އޭޖެންސީތައް ހުރި ނަމަވެސް، އެމްއެމްޕްލޯއިޑްގެ ތަފާތަކީ ބޮޑެތި އިދާރީ ފީތައް ނުނެގުމުގެ އިތުރުން އެ ކުންފުނީގެ ތަޖުރިބާ އެވެ. ކްލައިންޓުންގެ މެދުގައި ހޯދާފައިވާ އިތުބާރެވެ.

އެމްއެމްޕްލޯއިޑް އިން ވަނީ ރާއްޖޭގައި ހިންގި ފާހަގަކޮށްލެވޭ ބޮޑެތި މަޝްރޫއުތަކަށް ބިދޭސީން ގެނެސްދީފައެވެ. އަދި ގާނޫނީ ހަމަތަކުގެ މަތިން އެމީހުންގެ ކަންކަން ބަލަހައްޓައިދީފަ އެވެ.

އެމްއެމްޕްލޯއިޑްގެ އުންމީދަކީ އިތުބާރު ހިފޭ ގިނަ ކްލައިންޓުންތަކެއް އެމްއެމްޕްލޯއިޑްގެ ހިދުމަތް ލިބިގަތުމެވެ. ވަޒީފާޔަކަށް ބިދޭސީއެއް ގެންނަން ބޭނުން ނަމަ، އެކަން ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ކުރަން އެމްއެމްޕްލޯއިޑް ހިޔާރު ކުރާށެވެ. ހަމަ ޔަގީނުން ވެސް އެ ކުންފުނިން އެކަން ކޮށްދޭނީ ކުރަން ޖެހޭ ގޮތަށް ރަނގަޅު އުސޫލުން އެވެ. އިތުރު މައުލޫމާތު ހޯދުމަށް؛ 3328888 ގުޅާލާށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު