ހެލްތު މިނިސްޓްރީގެ ޕީއެސްގެ މައްސަލަ ސީއެސްސީ އަށް ހުށަހަޅައިފި

ހެލްތުގެ ޕީއެސް ހަދީޖާ --

ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ހަދީޖާ އަބްދުއްސަމަދުގެ މައްސަލައެއް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ހުށަހަޅައިފި އެވެ.

އެނގިފައިވާ ގޮތުގައި ޕީއެސް ހަދީޖާގެ މައްސަލަ އެ ކޮމިޝަނަށް ހުސަހަޅާފައި ވަނީ އިއްޔެ އެވެ. މައްސަލަ ބަލައިގަނެ މިހާރު ސީއެސްސީގައި މައްސަލަ ރެޖިސްޓްރީ ކޮށްފައިވާ ކަމަށް ވެސް އެނގިފައިވެ އެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ހެލްތު މިނިސްޓްރީގެ ބައެއް މުވައްޒަފުންނާއި އެ މިނިސްޓްރީގެ ދަށުން ހިންގާ މުވައްސަސާތަކުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން މަސައްކަތް ކުރާތަން ނޫން އެހެންތަނަށް ބަދަލު ކުރުމާއި ބަދަލު ކުރަން އުޅުނު ކަމުގެ މައްސަލަ ބަލައިދިނުމަށް ސީއެސްސީ އަށް ވަނީ ހުށަހަޅައިފަ އެވެ. ޕާމަނަންންޓް ސެކްރެޓަރީގެ މަގާމުގައި ހުރެ ހަދީޖާ އެކަން ކުރަން އުޅުނީ ސިޔާސީ ނުފޫޒުން ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

މީގެ އިތުރުން ޕާމަންންޓް ސެކްރެޓަރީ، މުވަައްޒަފުންނާ މެދު އިހުމާލުވާ ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް އެދި ވެސް ވަނީ ހުށަހަޅައިފަ އެވެ. އެގޮތުން 2016 ވަނަ އަހަރު މަގަމާ ހަވާލުވި ފަހުން މިނިސްޓްރީގެ ދަށުން މަސައްކަތްކުރާ 7000 މުވައްޒަފުންނާ ބައްދަލު ކޮށްފައި ނުވާ ކަމަށް ބުނެ ވަނީ ބުނެފައެވެ.

ޕީއެސްގެ މަސްއޫލިއްޔަތަށް އިހުމާލުވާ މައްސަލަ ބަލައިދިނުމަށް ސީއެސްސީ އަށް ހުށަހަޅާފައި ވަނީ ހެއްކާ ވެސް އެކުއެވެ. އެގޮތުން މުވައްޒަފުން ބަދަލު ކުރުމަށް ފޮނުވާފައިވާ މެމޯ އާއި ސިޓީ ފަދަ ތަކެތިވެސް ވަނީ ހުށަހަޅާއިފަ އެވެ.

ހެލްތުގެ ޕީއެސްގެ މައްސަލަ ސީއެސްސީ އިން ނުވަލާ ނަމަ، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަންމުވައްސަސާތަކާ ބެހޭ ކޮމެޓީ އަށް ހުށަހަޅައި ތުހުމަތުތަކާ ގުޅޭ ގޮތުން ސުވާލުކޮށް ޖަވާބުދާރީ ކުރުވުމަށް ވެސް ވަނީ އެދިފަ އެވެ.

comment ކޮމެންޓް