މަރުގެ ހުކުމާމެދު ސަރުކާރުގެ ސިޔާސަތު ބަލަން އިމްރާން މަޖިލީހަށް ހާޒިރުކުރަނީ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މީގެ ކުރިން މަޖިލީހުގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ މަޖިލީސް

ސަރުކާރުން މަރުގެ ހުކުމާ މެދު ގެންގުޅޭ ސިޔާސަތު އޮޅުންފިލުވުމަށް ރައްޔިތުންގެ މަޖިލީހަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހާޒިރުކޮށް ސުވާލުކުރުމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގު ނޯޓިސް ފޮނުވައިފިއެވެ.

އިމްރާން ހާޒިރުކުރަން ތޯރިގު ފޮނުވި ނޯޓިސްގައި ވަނީ މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ނުކުރާނެކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ނަސީމް (ކެރަފާ ނަސީމް) ބައިނަލްއަގުވާމީ ބައްދަލުވުމެއްގައި ވިދާޅުވެފައިވާތީ މި ސަރުކާރުން މަރުގެ ހުކުމާ މެދު ގެންގުޅޭ ސިޔާސަތަކީ ކޮބައިތޯ ސުވާލުކުރުމަށެވެ.

ތޯރިގު ފާހަގަކުރައްވާފައި ވަނީ ގާނޫނު އަސާސީގެ 10 ވަނަ މާއްދާގައި ރާއްޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރަކީ އިސްލާމްދީން ކަމަށާއި، އިސްލާމްދީނުގެ އަސްލަކާ ހިލާފު އެއްވެސް ގާނޫނެއް ނުހެދޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމެވެ.

https://sun.mv/112236

ސްވިޓްޒަލެންޑުގެ ޖެނީވާގައި މިދިޔަ ނޮވެމްބަރު މަހު އޮތް ބައްދަލުވުމެއްގައި، އދ.ގެ އާއްމު މަޖިލީހުން އެކުލަވާލާފައިވާ "މޮރެޓޯރިއަމް އޮން ދަ ޔޫޒް އޮފް ޑެތު ޕެނަލްޓީ" ގަރާރު ފާސްކޮށް، މަރުގެ ހުކުމް ހުއްޓުވުމަށް ރާއްޖެއިން ވާހަކަދެއްކިއެވެ. އަދި ފޮރިން މިނިސްޓްރީން އެކަން ޓްވީޓުވެސް ކުރިއެވެ. ނަމަވެސް އެ ޓްވީޓު ފަހުން ޑިލީޓުކުރިއެވެ.

އޭގެ ފަހުން އެ ގަރާރަށް އދ.ގެ އާންމު މަޖިލީހުން ވޯޓަށް އެހި އިރު ރާއްޖެއިން ވޯޓު ދިނީ އެ ގަރާރާ ދެކޮޅަށެވެ. އަދި އޭރު ރާއްޖޭގެ ފަރާތުން އދ.ގައި ހުންނެވި ދާއިމީ މަންޑޫބު ޑރ. އަލީ ނަސީރު މުހައްމަދު ވަނީ ރާއްޖޭގެ ގާނޫނުލްއުގޫބާތުގައި މަރުގެ ހުކުމް އޮންނަ ކަމަށާއި އެހެންކަމުން އިސްލާމީ ޝަރީއަތާ އެއްގޮތަށް އެ ހުކުމް ތަންފީޒުކުރައްވާނެކަމް ހާމަކުރައްވާފައެވެ.

https://sun.mv/113046

ހިރާއްޖޭގެ އަދުލު އިންސާފު ޤާއިމްކުރުމުގެ ދާއިރާއަށް ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން ލިބެންދެން، ދިވެހިރާއްޖެއިން މަރުގެ ހުކުމް ތަންފީޒު ނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ވަނީ މަރުގެ ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރާނެ ކަމަށް ބުނެފައެވެ. އެކަމަކު، އަދިވެސް މަރުގެ ހުކުމް ތަންފީޒުކޮށްފައި ނުވެއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި މަރުގެ ހުކުމާ ގުޅޭގޮތުން ގެންގުޅުނު ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ބައިނަލްއަގުވާމީ ފާޑުކިޔުންވެސް އަމާޒުވިއެވެ.

comment ކޮމެންޓް