ބޯންމެރޯ ހެދުމަށްފަހު ފަރުވާ ދެމުންދަނިކޮށް ކުޑަކުއްޖަކު މަރުވެއްޖެ

ބޯންމެރޭ ހެދުމަށް ފަހު ފަރުވާ ދެމުން ދަނިކޮށް ދިވެހި ކުޑަކުއްޖަކު އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ނިޔާވެއްޖެއެވެ.

މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް)ގެ އެސޯސިއޭޓް ސްޕެޝަލިސްޓް ޕީޑިއެޓްރިކްސް ޑރ. އަހުމަދު އުމަރު "ސަން" އަށް ވިދާޅުވީ އެ ކުޑަކުއްޖާ ނިޔާވީ ބޯންމެރޯ ހެދުމަށްފަހު ދިމާވި ބައެއް މައްސަލަތަކާ ހުރެ ކަމަށެވެ.

"އެއީ ޒަކާތު ފަންޑުގެ އެހީގައި މިދިޔަ ފެބްރުއަރީ މަހު ބޯންމެރޯ ހަދަން ދިޔަ ފަސްކުދިންގެ ތެރޭގައި ހިމެނޭ ކުއްޖެއް. އޭނާ ނިޔާވީ މިދިޔަ ހޯމަ ދުވަހު،" ޑރ. އުމަރު ވިދާޅުވިއެވެ.

ބޯންމެރޯ ހެދުމަށް ފަހު ކުޑަ ކުއްޖަކު ނިޔާވިއިރު މިއަދު ހެނދުނުވެސް ތެލެސީމާއާ ކުއްޖަކު ވަނީ ނިޔާވެފައެވެ. އެ ކުޑަކުއްޖާ މަރުވީ ޑެންގީ ޖެހިގެންނެެވެ.

އޭގެ އިތުރުން މިމަހުވެސް ތެލެސީމިއާ ހުންނަ އިތުރު ދެކުއްޖަކު ކައިރިކައިރީގައި ވަނީ ނިޔާވެފަ އެވެ. އޭގެ ތެރޭގައި މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީގެ ފޮޓޯގްރަފަރު އަދުހަމް މުހައްމަދު (އަދޫ) 24، އާއި އިސްމާއިލް ފަޔާޒް 27، ހިމެނެ އެވެ.

ތެލެސީމާ ބަލި ހުންނަ 882 މީހުންް ތެލެސީމިއާގެ ދަފުތަރުގައި ހިމެނެއެވެ. އޭގެ ތެރެއިން ދުނިޔޭގައި މިވަގުތު ތިބީ 632 މީހުންނެވެ.

ޑރ. އުމަރު ވިދާޅުވީ މި ފާއިތުވި މަދު އަހަރުތަކުގައި ތެެލެސީމިއާ ހުންނަ ކުދިން އުފަންވާވަރު މަދުކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

comment ކޮމެންޓް