ހިދުމަތުގައި އުޅެނިކޮށް ނިޔާވި ފުލުހުންގެ އަގުވަޒަންކުރަން ޑިޖިޓަލް ވޯލްއެއް ތައާރަފްކޮށްފި

ހިދުމަތުގައި އުޅެނިކޮށް ނިޔާވި ފުލުހުންގެ އަގުވަޒަންކުރަން ޑިޖިޓަލް ވޯލްގައި ހިމަނާފައި ބައެއް ފުލުހުން--

ފުލުހުންގެ ހިދުމަތުގައި އުޅެނިކޮށް ނިޔާވި ނުވަތަ ޝަހީދުވެފައިވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ޑިޖިޓަލް ވޯލްއެއް ތައާރަފްކޮށްފި އެވެ.

ފުލުހުންގެ "މެމޯރިއަލް ޑޭ" ފާހަގަ ކުރަން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ ޑިޖިޓަލް ވޯލް އިފްތިތާހްކޮށްދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

ފުލުހުންގެ ވެބްސައިޓްގައި ހިމަނާފައިވާ އެ ޑިޖިޓަލް ވޯލްގައި ނިޔާވެ ނުވަތަ ޝަހީދުވެފައިވާ ފުލުހުންގެ ހަނދާންތަކާއި އެބޭފުޅުންގެ ވާހަކަތަކާއި ގައުމަށް ވީ ގުރުބާނީތައް ހިމަނާފައިވެ އެވެ.

އޭގެެ ތެރޭގައި ޑިއުޓީގައި އުޅެނިކޮށް ޝަހީދުކޮށްލާފައިވާ ޝަހީދު އާދަމް ހަލީމް ހިމެނެ އެވެ. އާދަމް ޝަހީދުވެފައި ވަނީ ފުލުހުންގެ ހިދުމަތުގައި އުޅެނިކޮށް 2012 ވަނަ އަހަރު މީހަކު ވަޅިން ދިން ހަމަލާއެއްގަ އެވެ.

އޭގެ އިތުރުން ޝަހީދު މިސްބާހު އަބްދުﷲ އާއި އަލީ ނާޒިމްގެ އިތުރުން ޔޫސުފް ޒަމީރާއި އަދި ޝަހީދު އަހުމަދު ވިފާގްގެ ވާހަކަ އެ ޑިޖިޓަލް ވޯލްގައި ހިމަނާފައިވެ އެވެ.

ފުލުހުން ބުނީ ކުރިއަށް އޮތް ތަނުގައި އެފަދަ ބަތަލުންގެ ވާހަކަތައް އިތުރަށް ގެނެސް އެ ޑިޖިޓަލް ވޯލް އަޕްޑޭޓް ކުރަމުންދާނެ ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް