"އެވެޓާ"ފަހަތަށް ޖައްސާލައި"އެންޑްގޭމް" ރޭހުގެ ކުރިއަށް

އެންޑްގޭމްގެ ޕޯސްޓަރެއް----

ޑިޒްނީ އާއި މާވެލް ސްޓޫޑިއޯގެ 'އެވެންޖާސް: އެންޑްގޭމް" ބޮކްސް އޮފީހުގެ އެއްވަނަ އަށް ޖެހިލައިފިއެވެ.

މިހާތަނަށް ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ ރެކޯޑް މީގެކުރިން އޮތީ ޖޭމްސް ކެމެރެންގެ "އެވެޓާ" އަތުގައެވެ. ނަމަވެސް 10 އަހަރު ދުވަސްވީ އެ ރެކޯޑް މުގުރާލުމަށްފަހު އެންޑްގޭމް ވަނީ ބޮކްސް އޮފީސް ރޭހުގެ އެންމެ ކުރިއަށް ޖެހިލާފައެވެ.

"އެންޑްގޭމް" ވަނީ މިހާތަނަށް ބޮކްސް އޮފީހުގައި 2.789 ބިލިއަން ޑޮލަރުގެ އާމްދަނީ އެއް ހޯދާފައެވެ. އެވެޓާއަށް ލިބިފައިވަނީ 2.788 ބިލިއަން ޑޮލަރެވެ.

ބަދަލުތަކަކާއެކު "އެވެންޖާސް: އެންޑްގޭމް" ވަނީ މިދިޔަ މަހު އަލުން ރިލީޒްވެސް ކޮށްފައެވެ. ޑިޒްނީ ބުނީ ކުރީ ފިލްމުގައި ނުހިމެނޭ ގިނަ މަންޒަރުތަކެއް ހިމަނައިގެން ފިލްމު ރިލީޒްކުރިކަމަށެވެ.

އެންޑްގޭމް އަލުން ރިލީޒްކުރިއިރު ކުރީ ފިލްމަށްވުރެ ދިގެވެ. އަދި އެންޑްގޭމް އަލުން ރިލީޒްކުރީ "އެވެޓާ"ގެ ރިކޯޑް މުގުރާލަން ކަމަށްވެސް ހަބަރުތައް ބުނެއެވެ. އެ ފިލްމަކީ 1.22 ބިލިއަން ޑޮލަރާއެކު އެންމެ ބޮޑު ގްލޯބަލް އޯޕަނިންގެ ގޮތުގައި ދެއްކި ފިލްމެވެ.

އެންޑްގޭމް ރޭހުގެ އެންމެ ކުރިއަށް ޖެހިލިއިރު އެވެޓާގެ ދެވަނަ ބައެއް 2021 ވަނަ އަހަރު ދައްކާނެއެވެ.

comment ކޮމެންޓް