ޖަޕާންގެ ނިޕޯން ފައުންޑޭޝަންއިން ސިވިލް ސާވިސްއަށް ފޮތް ހަދިޔާކޮށްފި

ޖަޕާންގެ ނިޕޯން ކުންފުނިން ރާއްޖެއަށް ފޮތްތަކެއް ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ސިވިލް ސާވިސް

ޖަޕާންގެ ނިޕޯން ފައުންޑޭޝަންގެ ފަރާތުން ރާއްޖޭގެ ސިވިލް ސާވިސްއަށް ފޮތް ހަދިޔާކޮށްފި އެވެ.

އިއްޔެ މެންދުރު ސިވިލް ސާވިސްގެ ޓްރެއިނިން އިންސްޓްޓިއުޓްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ފޮތްތައް ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާއި ހުންނަވާ ސަފީރު ކެއިކޯ ޔަނައި އެވެ.

ސިވިލް ސާވިސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއީ ނިޕޮންއިން ކުރިއަށްގެންދާ "ރީޑް ޖަޕާން" އިނީޝިއޭޓިވްގެ ދަށުން ސިވިލް ސާވިސްއަށް ހަދިޔާ ކުރި ފޮތްތަކެއް ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ވަނީ ޖަޕާން ސަރުކާރުން ރާއްޖެއަށް ވެދެމުންދާ އެހީތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވައިފައެވެ. އެގޮތުނ ޖަޕާން ސަރުކާރުގެ އެހީގައި މާލޭ ވަށައިގެން ލާފައިފައިވާ ކަނޑުތޮށީގެ ވާހަކަ ވަނީ ވަކިން ފާހަގަކަކުރައްވައިފައެވެެ.

ޖަޕާން ސަރުކާރާ ރާއްޖޭގެ ސިވިލް ސާވިސްގެ ގުޅުން ފާހަގަކުރައްވައި އެގައުމުގެ ސިވިލް ސާވިސްއަށް ލަފާދީ ހަދާ ނެޝެނަލް ޕާސަނަލް އޮތޯރިޓީ އޮފް ޖަޕާންއާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރައްވަން ޝައުގުވެރިވާކަމަށްވެސް ޑރ. އަލީ ޝަމީމް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ޖަޕާންގެ އެމްބެސެޑަރު ވަނީ އެ އެމްބަސީން ރާއްޖޭގެ ސިވިލް ސާވިސްއަށް އެހީތެރިވެދެވިދާނެ ގޮތްތަކާ ބެހޭގޮތުންވެސް ޑރ. އަލީ ޝަމީމްއާ ވަނީ މަޝްވަރާކޮށްފަ އެވެ.

comment ކޮމެންޓް